ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އިސްތިރާތީޖީ ބައިވެރިވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، ނެޓްބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އިންޓަރސްކޫލް ނެޓްބޯލް ޓޯނަމެންޓް" އަދި "ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބޭންކުން މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބޭންކުގެ އެހީތެރިކަމާއެކު މި މުބާރާތް ދެން ކުރިއަށްދާނީ "ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައެވެ.
މި ޕާޓްނަރޝިޕްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުޅޭ ކުދިންގެ އަދަދު އިތުރުކުރުމާއި، ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މި ކުޅިވަރުގެ ފޯރި ގަދަކޮށް، ގައުމީ ފެންވަރުގައި ވާދަކުރެވޭނެ ފަދަ ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ. ނެޓްބޯލް އެސޯސިއޭޝަނުން ގަވާއިދުން ބާއްވާ މިފަދަ މުބާރާތްތަކަކީ ޒުވާން ޖީލަށް ކުޅިވަރުގެ ތެރެއިން އަޚްލާގާއި ހުނަރު ދަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ރާއްޖޭގެ ކުޅިވަރު ދާއިރާ ހަރުދަނާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ނެޓްބޯޅައިގެ އިތުރުން، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ފެތުން (އެކުއަޓިކްސް)، ސަރފިންގ، ޓެނިސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކު ވެސް ބޭންކުން ދަނީ ގާތް ގުޅުމެއް ބާއްވައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލް އިން ހާމަކުރި ގޮތުގައި، ބޭންކުގެ އަމާޒަކީ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމެވެ.

CPV
ކިޔުންތެރިންގެ ހިޔާލު