ސިޔާސީ ފިކުރަށް ބަލައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އެއްގައި ބަޔާންކުރާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުން ފިޔަވައި، ދައުލަތުގެ އެހެން އެއްވެސް މަގާމަކުން މީހަކު ވަކިކުރުމުގައި އެމީހަކު ގެންގުޅޭ ސިޔާސީ ފިކުރަކަށް ނުވަތަ ނިސްބަތްވާ ޕާޓީއަކަށް ބަލައި ތަފާތުކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ.
އަސްލަމް މި މޭރުމުން ވާހަކަ ދެއްކެވީ، ދާދިފަހުން ބޭއްވުނު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާ ގުޅިގެން، އެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ސޯބެގެ ކެމްޕޭނުގައި ހަރަކާތްތެރިވި ސަރުކާރު ކުންފުނިތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އިންޒާރުދީ ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.
"ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޕީއެންސީއަށް ނާކާމިޔާބުވުމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފަކަށް އިންޒާރުދީ، ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާތީ މިކަން ހަރުއަޑުން ކުށްވެރިކުރަން،" އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން، މިފަދަ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތަކުން، އެކަންކަމަށް ދާދި އަވަހަށް ޖަވާބުދާރީވާން ޖެހޭނެ ކަމުގެ އިންޒާރުވެސް އަސްލަމް ވަނީ ދެއްވާފައެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ވަނީ ކުރަށްވާފައެވެ.

ޤަނޫނު އަސާސީ ގެ 115 ވަނަ މާއްދާގެ (ޅ) ބަޔާން ކުރާ މަޤާމް ތަކަށް, މީހުން އައްޔަން ކުރުމާއި ވަކިކުރުން ފިޔަވައި, ދައުލަތުގެ އެއްވެސް މަޤާމަކަށް، މީހުން އައްޔަން ކުރުމާއި ވަކި ކުރުމުގައި ، އެމީހަކު ސިޔާސީ ގޮތުން ގެންގުޅޭ ޙިޔާލުތަކަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީ އަށް ބުރަވެ ތަފާތު…
— Mohamed Aslam (@aslamdp) June 15, 2026
މީގެއިތުރުން، މިފަދަ ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ފަރާތްތަކުން، އެކަންކަމަށް ދާދި އަވަހަށް ޖަވާބުދާރީވާން ޖެހޭނެ ކަމުގެ އިންޒާރުވެސް އަސްލަމް ވަނީ ދެއްވާފައެވެ.
އަސްލަމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިއަދު ވަނީ ކުރަށްވާފައެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު