އެމްޑީޕީގެ ޗެއަރޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕާ މިއަދު ބައްދަލު ކުރަށްވައިފިއެވެ.
އެމްޑީޕީން ބުނީ، މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް މަޖިލީހުގެ އެމްޑީޕީގެ މެންބަރުން މަސައްކަތް ކޮށްދެއްވުމަށް ބާރުއަޅުއްވައި، މެންބަރުންނަށް ހިތްވަރު ދެއްވާފައެވެ.
ހަމައެއާއެކު ޤާނޫނު އަސާސީން މެންބަރުންނަށް ލިބިދޭ އެންމެ މަތީ މިންވަރަށް މެންބަރުކަމުގެ ބާރުގެ ބޭނުން ހިއްޕެވުމަށް އެދިވަޑައިގެން، ރައީސް ނަޝީދު ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރެއްވުމަށް މެންބަރުން ކުރަށްވާ މަސައްކަތަށް ޝުކުރު އަދާކުރަށްވާފައެވެ.
މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާގައި އޮތް އެ ބައްދަލުވުމުގައި މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަށްވާ 13 މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު މަޖިލީހަށް ވަޑައިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުންނަށް ހިތްވަރު ދެއްވާފައިވާއިރު، އިއްޔެ އެމަނިކުފާނު ވަނީ، ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލު ކުރަށްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ރޭ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހާވެސް ބައްދަލު ކުރަށްވައި ޕާޓީގެ ޙަރަކާތްތައް ރުކުރުވާލުމުގެ މަސައްކަތް ފަށްޓަވާފައެވެ. އަދި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް އިއްޔެ ބައްދަލު ކުރެއްވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު އިއްޔެ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއި ވެސް ބައްދަލު ކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.
އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ހޮނިހިރު ދުވަހު އެމަނިކުފާނު ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ރައީސް @MohamedNasheed އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއި މިއަދު ބައްދަލު ކުރައްވައިފި. pic.twitter.com/uIPJSMHZZw
— MDP Secretariat (@MDPSecretariat) June 15, 2026
ރައީސް ނަޝީދު މަޖިލީހަށް ވަޑައިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުންނަށް ހިތްވަރު ދެއްވާފައިވާއިރު، އިއްޔެ އެމަނިކުފާނު ވަނީ، ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލު ކުރަށްވާފައެވެ. ހަމައެއާއެކު އެމަނިކުފާނު ރޭ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހާވެސް ބައްދަލު ކުރަށްވައި ޕާޓީގެ ޙަރަކާތްތައް ރުކުރުވާލުމުގެ މަސައްކަތް ފަށްޓަވާފައެވެ. އަދި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް އިއްޔެ ބައްދަލު ކުރެއްވިއެވެ.
MDP chairperson President Nasheed visits Parliament, meets MDP PG group pic.twitter.com/WKQhwAQP43
— Luke (@lucasjalyl) June 15, 2026
އޭގެއިތުރުން ރައީސް ނަޝީދު އިއްޔެ ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއި ވެސް ބައްދަލު ކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.
އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ހޮނިހިރު ދުވަހު އެމަނިކުފާނު ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު