ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށާއި، މި ސަރުކާރުގެ ބުރަ މަސައްކަތަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
އުރީދޫ ފިންޓެކްގެ 'އެމް-ފައިސާ' މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދޭން ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރައީސްގެ ދުރުވިސްނުންފުޅާއި ސަރުކާރުގެ ހަރުދަނާ މަސައްކަތްތަކާ ނުލައި ހާސިލުކުރެވުނު ކާމިޔާބީއެއް ނޫން ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ޕޭޕަލްއާ އެކު މަޝްވަރާތައް ފަށައި، ރާއްޖޭގެ ކަންޓްރީ ޕްރޮފައިލްއެއް އެކުލަވާލައި ރަސްމީކޮށް ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. އަދި މި ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ބޭނުންވާ ރެގިއުލޭޓަރީ ފްރޭމްވޯކް ބަދަލުކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ތެރެއިން އުރީދޫ މޯލްޑިވްސްއަކީ ޕޭޕަލްގެ ލޯކަލް އިމްޕްލިމެންޓޭޝަން ޕާޓްނަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އޭގެ ފަހުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ޕޭޕަލްގެ ހިދުމަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެ ދުވަހު އެމަނިކުފާނު ވިދާޅުވެފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަރުދަނާ އޮންލައިން ޕޭމަންޓް ނިޒާމެއް ނެތުން ކަމަށާއި، އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޑިޖިޓަލް ބަދަލުތައް ފައްޓަވައިދެއްވައި، ކްރިއޭޓާ އިކޮނޮމީގެ ފުރުސަތުތައް ހުޅުވައިދެއްވި 'ޗެމްޕިއަން' އަކީ ރައީސް މުއިއްޒު ކަމަށާއި، އެމަނިކުފާނުގެ ލީޑަޝިޕް ނެތްނަމަ ޕޭޕަލްގެ ހިދުމަތް ހަގީގަތަކަށް ނުވީސް ކަމަށެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވެސް ބުނެފައިވަނީ، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މި ހިދުމަތް ދޭން ފެށި ނަމަވެސް، މި ގުޅުން ގާއިމުކުރެވުނީ ދިވެހި ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު ގިނަގުނަ މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު