ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ރެޖިސްޓްރާ އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޝަކީލް ޕީއެންސީގެ ރެޖިސްޓްރާގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

މި މަގާމު ހުސްވެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒަހިދު (ޒާހިދު) އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެއި 1 ވަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ފަރާތުން ކޮމިޝަންގެ މަސައްކަތްތަކަށް އިންތިހާއަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ޝަކުވާތަކާއެކު އެވެ.

މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވާ ގޮތުގައި، ކޮމިޝަންގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުން ދިޔުމަކީ ޒާހިދު މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބެވެ.

މިފަދަ ނުރަނގަޅު މާހައުލެއްގައި މަސައްކަތް ކުރަން ބޭނުންފުޅު ނުވުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އެ މަސްދަރުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު