ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު، މިރޭ 11:59 އަށް ހަމަވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
މީގެކުރިން ތަފާތު ސަބަބުތަކަށްޓަކައި މި މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން މެއި 31 ގެ ނިޔަލަށް އޮތް ފުރުސަތު އަޟްޙާ އީދުގެ ބަންދާ ގުޅުވައި އިތުރުކޮށްދިނީ އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައެވެ. ނަމަވެސް، މި މުއްދަތު އިތުރަށް ދިގުދަންމާލުމުގެ އެއްވެސް ވިސްނުމެއް މިހާރު ނެތްކަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު "އާއިލީ ބޯހިޔާވަހިކަން" މި ނަމުގައި ފެށި މި މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފްލެޓް، އަދި އެކި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ވަނީ ހާއްސަކުރެވިފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، އަލަށް ހިއްކަމުންދާ ރަސްމާލެއިން 25،000 ގޯތި ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. މިގޮތުން، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު