2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗށް ތައްޔާރުވަމުންދާ އިންގްލެންޑް ގައުމީ ޓީމުގެ ސާމާނުތަކެއް ވަގަށް ނެގި ހާދިސާއާ ގުޅިގެން ފުލުހުން ދެ މީހަކު ބަންދުކޮށްފިއެވެ. ކްރޮއޭޝިއާއާ ދެކޮޅަށް އިނގިރޭސިން ކުޅޭ މުބާރާތުގެ ފުރަތަމަ މެޗަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުރިމަތިވި މި ހާދިސާގެ ސަބަބުން، ކޯޗު ތޯމަސް ޓުޗެލްގެ ޓީމަށް ވަނީ ކުއްލި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ކެންސަސް ސިޓީ މިސޫރީ ފުލުހުން ބުނީ، އިންގްލެންޑް ޓީމުގެ ސާމާނު އުފުލި ވެހިކަލުން ވައްކަން ކުރި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ވައްކަން ހިންގާފައިވަނީ ޓީމުގެ ސާމާނުތައް 'ތުރީ ލަޔަންސް' ގެ މުބާރާތުގެ މަރުކަޒަށް ބަދަލުކުރަމުން ދަނިކޮށެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ފުލުހުން ވަނީ ވަގުތުން ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން ކެންސަސް ސިޓީއަށް އައި ޓީމުގެ ވެހިކަލަކުން ބައެއް ތަކެތި މަދުވެފައިވާތީ އެކަން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު މިހާރު ވަނީ ތަހުގީގަށް ބަންދުކޮށްފައެވެ.
މި ވައްކަމުގެ ސަބަބުން އިންގްލެންޑް ކޭމްޕުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މިޙާދިސާގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ އަމިއްލަ ސާމާނުތަކެއް ވަނީ ގެއްލިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޓީމުގެ ކެޕްޓަން ހެރީ ކޭން އާއި ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްގެ ފަޔަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފުޓްބޯޅަ ބޫޓުތައްވަނީ ވަގަށް ނަގާފައެވެ.
އިނގިރޭސި ޓީމްގެ ކޭމްޕުން ބުނީ ކުޅުންތެރިންގެ މިފަދަ ޚާއްޞަ ސާމާނުތަކެއް ގެއްލުމަކީ ޓީމަށް ލިބުނު ބޮޑު ދެރައެއް ކަމަށެވެ. ސަބަބަކީ މި ބޫޓުތަކަކީ ކުޅުންތެރިޔާގެ ފަޔަށް ފަސޭހަވާނޭހެން އަދި ކުޅުން ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޮޑަށް އަމިއްލަ ކުރެވިފައިވާ ތަކެއްޗަށް ވާތީއެވެ. ބޫޓުގެ އިތުރުން، ގިނަ އަދަދެއްގެ ބޯޅަ އާއި ތަމްރީނުތަކަށް ބޭނުންވާ މުހިންމު ސާމާނުތަކެއް ވެސް ވަނީ ވަގަށް ނަގާފައެވެ. މީގެ ސަބަބުން ކެންސަސް ސިޓީގައި ތިބި ޓީމުގެ އިދާރީ މުވައްޒަފުންނަށް ވަނީ މި ތަކެތި އަލުން ހޯދުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ވައްކަން ހިނގާފައިވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި އޮތް ތަމްރީނު ކޭމްޕު ނިންމާލުމަށްފަހު، ރަސްމީ މަރުކަޒު ކަމަށްވާ 'ސްވޯޕް ސޮކަރ ވިލެޖް' އަށް ޓީމު ބަދަލުވި ވަގުތުގައެވެ. މި ތަކެތި މަދުކަން އެނގުނީ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު ވެހިކަލުން ސާމާނުތައް ބާލަން ފެށުމުންނެވެ. ގެއްލުނު ތަކެތީގެ ތެރޭގައި ޓެކްޓިކަލް އަދި އެނަލިސިސް ސާމާނުތަކާއި، މަސާޖު މޭޒުތަކުގެ އިތުރުން ކުޅުންތެރިންގެ ރިކަވަރީއަށް ބޭނުންވާ މުހިންމު ސާމާނުތައް ހިމެނެއެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި، މި ވައްކަމަށްފަހު މުޅި ޓީމުގައި ބާކީ އޮތީ އެންމެ ރަސްމީ ފުޓްބޯޅައެކެވެ.
އިންގްލެންޑް ހިމެނެނީ ގްރޫޕް 'އެލް' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ، ގާނާ އަދި ޕެނަމާއެވެ. އިންގްލެންޑްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މިހާރު އެންމެ ބޮޑު ސުވާލަކީ ގެއްލުނު ތަކެތި މެޗުގެ ކުރިން ހޯދިދާނެތޯއެވެ. ކިޓް ސްޕޮންސަރުންގެ އަތުގައި ބަދަލު ސާމާނު ހުރި ނަމަވެސް، ކޭން އާއި ބެލިންގްހަމް ފަދަ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ބޫޓުތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެއެވެ.
މި ހާދިސާއަކީ މުބާރާތަށް ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. މީގެ ކުރިން ވެސް ވިސާގެ މައްސަލަތަކާއި، ސަލާމަތީ ނުރައްކާތަކާއި، ތިމާވެށީގެ ބިރުވެރިކަން މުބާރާތަށް ވަނީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ސޯމާލިއާގެ ރެފްރީ އުމަރު އަރުތާން އެމެރިކާއަށް އެތެރެވުން މަނާކުރުމާއި، ކެނެޑާގެ ތޯމަސް ޕާޓޭއަށް އެތެރެވުމުގައި ދިމާވި ހުރަސްތައް ހިމެނެއެވެ. މީގެ އިތުރުން، އާޖެންޓީނާ ޓީމު ތިބި ހޮޓާ ކައިރީގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅީގެން ޓީމްތަކުގެ ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އަދި ސްވިޒަލޭންޑްގެ ކޭމްޕް ކައިރީގައި ވިހަގަދަ ހަރުފަ އުޅޭ ކަމުގެ އިންޒާރު ދީފައިވާއިރު، ފްލޮރިޑާގައި އޮތް ޕޯޗުގަލްގެ ކޭމްޕް ކައިރިން ބޮޑެތި ކަނޑުގެ އޫރު ފެނިފައިވާ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެންމަތިވެފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު