އެމެރިކާގެ ނޭވީގެ ފައިޓަރ ޖެޓެއް ވޮޝިންޓަން ސްޓޭޓްގެ ރިމްރޮކް ލޭކް ސަރަހައްދަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގި ވަގުތު މަތިންދާބޯޓުން ބޯކޮށް ކަޅު ދުން އަރަމުން ދިޔަ މަންޒަރު އެ ސަރަހައްދުގައި ތިބި މީހުންނަށް ފެނިފައިވެއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި، ޖެޓް ވެއްޓުމުގެ ސިކުންތުކޮޅެއް ކުރިން ޕައިލެޓް ވަނީ ޖެޓުން ބޭރަށް ފުންމާލާފައެވެ.
މި ހާދިސާގައި ޕައިލެޓް ސަލާމަތްވެފައިވާއިރު، އޭނާ ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
މި އަލިފާންގަނޑު ނިއްވުމަށް ހެލިކޮޕްޓަރުތަކާއި ފަޔަރ ފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ ސަރަހައްދުގައި ކޭމްޕް ކުރަމުން ދިޔަ މީހުން އެތަނުން ބޭލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
މިކަމާ ގުޅޭގޮތުން މެރިން އެއަރކްރާފްޓް ގްރޫޕުން ބުނެފައިވަނީ، މިއީ އާދައިގެ ތަމްރީނު ދަތުރެއްގެ ތެރޭގައި ހިނގި ހާދިސާއެއް ކަމަށާއި، މި ހާދިސާގައި އެއްވެސް ފުރާނައަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ވެއްޓިފައިވަނީ ކެލިފޯނިއާގެ މީރަމާރުގައި ގާއިމުކޮށްފައިވާ އެފް/އޭ-18 ހޯނެޓް މަރުކާގެ މަތިންދާބޯޓެކެވެ.
މި ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ކޭމްޕް ކުރުމަށާއި ހިނގާލުމަށް ދާ މަޝްހޫރު ސަރަހައްދެއް ކަމުން، އެ ސަރަހައްދަށް ނުދިއުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު