އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ހެނދުނު 10:30 ގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާ ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. އަދި މެންދުރު 1:00 ޖަހާއިރު، ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލާ ވެސް ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވާނެ އެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު މާލެއިން ބޭރަށް ފުރާވަޑައިގަންނަވާތީ، އެމަނިކުފާނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން އޮންނާނީ ރައީސް ޞާލިހު މާލެ ވަޑައިގަތުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.
އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އިއްޔެ ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފަ އެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު