ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރައްވަން ޖެހޭނީ ހުރިހާ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި ކަމަށާއި، އިދިކޮޅު ޕާޓީގެ އިންތިޚާބަކަށްފަހު މަރުހަބާ ވިދާޅުވާން ނުކެރި ލަސްކުރެއްވުމަކީ ޑިމޮކްރެސީގެ ރޫޙާ ޚިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ބޭއްވި ފޯރިގަދަ އިންތިޚާބަކަށްފަހު ޗެއާޕާސަނަކު ހޮވުމުން، އެކަމަށް ރައީސް މުޢިއްޒު މަރުހަބާ ނުދެންނެވުމުން އެކަމަށް ފާޑުވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ މި ޢަމަލުތައް ސިފަކުރައްވަމުން ވައްޑެ ވިދާޅުވީ، އެއީ ޑިމޮކްރެސީއާ ވަރަށް ބޮޑަށް ބީރައްޓެހި "ކަޓު" ނުވަތަ ހަނި ވިސްނުމެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށެވެ.
ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ސިޔާސީ ވާދަވެރިކަމުން އެއްކިބާވެ، ޤައުމީ ފެންވަރުގެ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ޝުޢޫރާއި ނިންމުންތައް ބަލައިގަތުމަކީ ޤައުމީ ޒިންމާއެއް ކަމަށް ވައްޑެ ވަނީ ބާރުއަޅުއްވާފައެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ހުރިހާ ރައްޔިތުންގެ ވެރިޔާއެވެ.
— Waddey (@waddey_) June 14, 2026
އެންމެ ބޮޑު ޕާޓީގެ ފޯރިގަދަ ކެމްޕޭނަކަށްފަހު ޗެއާޕާސަނަކު ހޮވައިފިއެވެ. @MMuizzu އަށް މަރުހަބާ ކިޔާލަން ނުކެރޭނީ ޑިމޮކްރެސީއާ ހާދަ ބީރައްޓެހި ކަޓު މީހަކަށް ވީމައެވެ.
ރައީސް މުޢިއްޒުގެ މި ޢަމަލުތައް ސިފަކުރައްވަމުން ވައްޑެ ވިދާޅުވީ، އެއީ ޑިމޮކްރެސީއާ ވަރަށް ބޮޑަށް ބީރައްޓެހި "ކަޓު" ނުވަތަ ހަނި ވިސްނުމެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށެވެ.
ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ސިޔާސީ ވާދަވެރިކަމުން އެއްކިބާވެ، ޤައުމީ ފެންވަރުގެ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ޝުޢޫރާއި ނިންމުންތައް ބަލައިގަތުމަކީ ޤައުމީ ޒިންމާއެއް ކަމަށް ވައްޑެ ވަނީ ބާރުއަޅުއްވާފައެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު