ދިވެހިރާއްޖޭގެ ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ މަޤްޞަދުތައް ޙާޞިލުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ތެރެއިން، ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިގޮތުން، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައެވެ. މިއީ "ދިވެހި ވަޠަނީ ޚިދުމަތް" އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމައި، އެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނެވެ.
ރައީސް ވަނީ މި ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ޤައުމީ ޚިދުމަތުގެ މަތިވެރި ސަފުތަކާ ގުޅުނު ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ޤައުމިއްޔަތުގެ ސިފަތައް އަށަގަނެފައިވާ، މަސައްކަތްތެރި އަދި އަޚްލާޤީ ގޮތުން ނަމޫނާ ޒުވާނުންތަކެއް މުޖުތަމައަށް ނެރުމެވެ. މި ތަމްރީނު ޕްރޮގްރާމްތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު