ދައުލަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުން ކުރާ މަސައްކަތަކީ ކޮރަޕްޝަންގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު ބާރު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ސިވިލް ސާވިސްގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމާއި، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މުހިންމުކަމުގެ މައްޗަށް ބޮޑަށް އަލިއަޅުވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ 35،000 އަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުންނަކީ ކޮންމެ ސަރުކާރެއްގެވެސް ހިންގުމުގެ މައިބަދައެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ މި ދާއިރާއަކީ، އާބާދީގެ ކޮންމެ 15 މީހަކަށް މުވައްޒަފަކު މަސައްކަތްކުރާ، ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ ޚިދުމަތްތެރިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، ގިނަ ފަހަރަށް މާލީ ކޮރަޕްޝަނަށް މަގުފަހިވަނީ އިދާރީ ނިޒާމުގެ ތެރޭގައި ހުންނަ ބަލިކަށިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، އިދާރީ ކޮރަޕްޝަން ނައްތާލުމުގެ ބާރު އޮތީ ސިވިލް ސާވެންޓުންގެ އަތްމަތީގައި ކަމަށާއި، އެކަން ހާސިލުވެއްޖެނަމަ ދައުލަތުގެ ފައިސާއަށް އަމާނާތްތެރިވާ އަދި ރައްޔިތުން އިތުބާރުކުރާ ވެއްޓެއް ގާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ލަސްނުވެ ޚިދުމަތް ލިބުންކަން ފާހަގަކުރައްވައި، މުވައްޒަފުން ގަވާއިދުން މަސައްކަތަށް ނުކުމެ، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. ޚިދުމަތް ލަސްވުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ "މޯލްޑިވްސް 2.0" ގެ މަޤްޞަދަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށެވެ. މި މަސައްކަތުގެ އަމަލީ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން އަޒުމު ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު