ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 19.92 އިންސައްތަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދާއި، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާޠިމަތު ސުހާ އިބްރާހީމެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާ މި ވޯޓުލުމުގައި، ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ ޖުމުލަ 208 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 57 އަންހެނުންނާއި 151 ފިރިހެނުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 1,049 މީހަކަށް ލިބިފައިވެއެވެ. އޭގެ ތެރެއިން މީދޫގައި ބަހައްޓާފައިވާ ފޮށިތަކަށް 587 މީހަކު ވޯޓުލުމަށް ހަމަޖެހިފައިވާއިރު، މާލޭގައި ހުންނަ މީދޫ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ފޮއްޓަށް 462 މީހަކު ވަނީ ރަޖިސްޓަރީކޮށްފައެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އަލުން އިންތިޚާބެއް ބާއްވަން ޖެހުނީ، މިދިޔަ އެޕްރިލް މަހު ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. އެފަހަރުގެ އިންތިޚާބުގައި ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓު ކަރުދާހަކީ ސައްހަ ވޯޓެއް ކަމަށް ހައިކޯޓުން ނިންމުމާ ގުޅިގެން، ދެ ކެންޑިޑޭޓުންގެ ވޯޓުގެ އަދަދު ވަނީ އެއްވަރުވެފައެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު