ހައިޕަރޓެންޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ހިމޭން ގާތިލެއް" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބައްޔެކެވެ. ސަބަބަކީ ގިނަ ފަހަރަށް މި ބަލީގެ ނުރައްކާ ބޮޑުވަންދެން އެއްވެސް ފާހަގަކުރެވޭ އަލާމާތެއް ނުފެނި ދާތީއެވެ. ނަމަވެސް، ޞިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ގިނަ މީހުންނަށް ބަލި ހުރިކަން އެނގުމުގެ ކުރިން ބައެއް ކަހަލަ އާދައިގެ އަލާމާތްތައް ފެނެއެވެ. އެކަމަކު މި އަލާމާތްތަކަކީ އެހެން ކަންކަމާ ގުޅިފައިވާ ކަންކަން ކަމަށް ހީކޮށް، ގިނަ ފަހަރަށް މިކަންކަމަށް ފަރުވާކުޑަކޮށްލެވެއެވެ.
މިގޮތުން އެންމެ އާންމުކޮށް ފެންނަ އެއް އަލާމާތަކީ ގަދައަށް ބޮލުގައި ރިއްސުމެވެ. ޚާއްޞަކޮށް ހެނދުނު ހޭލާއިރު ބޮލުގެ ފަހަތް ނުވަތަ ފަހަތު ކަރުދޮށުގައި ރިއްސުން މީގެ ތެރޭގައި ހިމެނެއެވެ. ގިނަ މީހުން މިއީ ނިދި ނުލިބުމުގެ ސަބަބުން ނުވަތަ މާ ބޮޑަށް ވަރުބަލިވުމުގެ ސަބަބުން ވާކަމެއް ކަމަށް ބަލައި، ތަދުކަނޑުވާ ބޭހެއް ކައިލައިގެން ދޫކޮށްލަނީއެވެ. ނަމަވެސް މިއީ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ނާރުތަކަށް ކުރާ ބާރުގެ ނަތީޖާއަކަށް ވެދާނެއެވެ.
ދެން ފާހަގަކުރެވޭ އަލާމާތަކީ ބޯ އެނބުރުމާއި މީހާގެ ހަމަޖެހުން ގެއްލުމެވެ. ކުއްލިއަކަށް ތެދުވާއިރު ނުވަތަ ހިނގާފައި ދާއިރު ބޯ އެނބުރުން ފަދަ ކަންކަން މެދުވެރިވުމަކީ ލޭގެ ދައުރުވުމަށް އަންނަ ބަދަލެއްގެ ސިގްނަލެކެވެ. މީގެ އިތުރުން، ލޮލުގެ ފެނުމަށް ބަދަލު އައުން، މިސާލަކަށް ލޮލުގެ ކުރިމަތިން ކޮންމެވެސް އެއްޗެއް ހުރަސްކުރާހެން ހީވުން ނުވަތަ ފެނުން ފުސްވުމަކީވެސް ލޭމަތީ ބޮލީގެ ކުރީކޮޅުގެ އަލާމާތެކެވެ. މިކަމުގެ ސަބަބުން ލޮލުގެ ނާރުތަކަށް ލޭ ފޯރުކޮށްދޭ ހޮޅިތަކަށް ގެއްލުން ލިބެމުންދާކަން ހާމަވެއެވެ.
ހިތުގެ ތެޅުން އަވަސްވުމާއި، މޭގައި ރިއްސުން ނުވަތަ ނޭވާލާން އުނދަގޫވުމަކީވެސް މީހުން ވަރަށް ގިނައިން އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލާ ކަންކަމެވެ. ހާސްވުމުގެ ސަބަބުން ނުވަތަ ކޮފީ ގިނައިން ބުއިމުގެ ސަބަބުން ވާކަމެއް ކަމަށް ބެލެވުނަސް، މިއީ ހިތުން މުޅި ހަށިގަނޑަށް ލޭ ފޮނުވުމަށް ކުރާ މަސައްކަތް ބުރަވުމުގެ ނިޝާނެކެވެ. އަދި ބައެއް މީހުންގެ ނޭފަތުން ލޭ އައުމަކީވެސް ލޭގެ ޕްރެޝަރު ކުއްލިއަކަށް މަތިވުމުން ފެންނަ އަލާމާތެކެވެ.
އެހެންކަމުން، މިފަދަ ކުދިކުދި އަލާމާތްތަކަށް ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. އާދައިގެ ގޮތެއްގައި ބޮލުގައި ރިއްސުން ނުވަތަ ބޯ އެނބުރުން ތަކުރާރުވާނަމަ، ގޭގައި ލޭގެ ޕްރެޝަރު ޗެކްކުރުމަކީ ނުވަތަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ، ބޮޑު ބައްޔަކަށް މަގުފަހިވުމުގެ ކުރިން ރައްކާތެރިވެވޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސް، ކާތަކެތީގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ ބާރުގަދަ ފިޔަވަޅެކެވެ.

PAR
SUI
MAR
ކިޔުންތެރިންގެ ހިޔާލު