އަލްފާރޫޤް ޢުމަރު ބިން އަލްޚައްޠާބު (ރ.ޢ.) ގެ ސީރަތަކީ އިސްލާމީ ތާރީޚުގެ ރަންޞަފްޙާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޞަފްޙާއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ފެންނަން ހުރި މާތް އަޚްލާޤާއި، ކަރާމާތާއި، އިޚްލާޞްތެރިކަމާއި، ޖިހާދާއި އަދި އިސްލާމްދީނަށް ދައުވަތު ދިނުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކަކީ އެހެން އެއްވެސް އުންމަތެއްގެ ތާރީޚަކުން ފެންނަން ނެތްފަދަ މަތިވެރި ނަމޫނާތަކެކެވެ.
ޢުމަރުގެފާނުގެ ފުރިހަމަ ނަންފުޅަކީ ޢުމަރު ބިން އަލްޚައްޠާބު ބިން ނުފައިލް ބިން ޢަބްދުލްޢުއްޒާއެވެ. ކުންޔާއަކީ އަބޫ ޙަފްޞް އެވެ. "އަލްފާރޫޤް" (ޙައްޤާއި ބާޠިލް ވަކިކޮށްދެއްވި ބޭފުޅާ) ގެ ލަޤަބު ދެވުނީ، އެކަލޭގެފާނު މައްކާގައި ފާޅުގައި އިސްލާމްކަން އިޢުލާން ކުރަށްވައި، އެކަލޭގެފާނުގެ ސަބަބުން އީމާންކަމާއި ކުފުރުގެ ތަފާތު ބަޔާންވެގެން ދިޔުމުންނެވެ. އުފަންވެވަޑައިގަތީ ޢާންމުލް ފީލް (އެތުގެ އަހަރު) ގެ 13 އަހަރު ފަހުން، މީލާދީން 583 ގައެވެ. ބައްޕަޔަކީ ޚައްޠާބު ބިން ނުފައިލް އެވެ. ކާފަ ނުފައިލް އަކީ ޤުރައިޝްވަންހައިގެ މީހުން މައްސަލަތަކުގައި ޙުކުމް ހޯދުމަށް ދާ އިސްވެރިއެކެވެ. މަންމައަކީ ހަންތަމާ ބިންތި ހާޝިމް ބިން އަލްމުޣީރާ އެވެ.
ޢުމަރުގެފާނަކީ ރަތްކުލައަކަށް ދާ ދޮންކުލައެއްގެ ބޭކަލެކެވެ. ހަށިކޮޅު ވަރުގަދަ، އިސްކޮޅުން ދިގު، އަދި ބޮލުގެ އިސްތަށި މަދު ބޭކަލެކެވެ. އެކަލޭގެފާނަކީ ނުހަނު ބާރުގަދަ ބޭކަލެކެވެ. ހިންގަވާއިރު ހަލުވިކޮށް ހިންގަވައެވެ. ވާހަކަފުޅު ދައްކަވާއިރު ސާފުކޮށް އަޑުހަރުކޮށް ދައްކަވައެވެ. އަދި އަދަބު ދެއްވާނަމަ އޭގެ ތަދު އިޙްސާސް ކުރެވެއެވެ.
ޢުމަރުގެފާނުގެ ޢުމުރުފުޅުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ ޖާހިލިއްޔަ މުޖުތަމަޢުގައެވެ. ޤުރައިޝްގެ އެހެން ޒުވާނުންނާ ޚިލާފަށް އެކަލޭގެފާނަކީ ލިޔަންކިޔަން ދެނެވަޑައިގަންނަވާ މަދު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ކުޑައިރުއްސުރެ ޒިންމާދާރު، ހަރުކަށި ދިރިއުޅުމެއް އުޅުއްވިއެވެ. ބައްޕަ ޚައްޠާބު އެކަލޭގެފާނު ލައްވައި ޖަމަލު ހުއިހައްޕުވައި އުޅުއްވިއެވެ. ބައްޕަގެ އެ ހަރުކަށިކަމުގެ ހަނދާންތައް މުޅި ޢުމުރުގައިވެސް އެކަލޭގެފާނު ކުރެއްވިއެވެ.
ޒުވާން ދައުރުގައި ތަފާތު ކުޅިވަރުތަކަށް، ޚާއްޞަކޮށް މުބާރަޒާ ކުރުމާއި (ރެސްލިން)، އަސް ދުއްވުމަށް ވަރަށް ކުޅަދާނައެވެ. ޅެންވެރިކަމަށް ޝައުޤުވެރިކަން ހުރެއެވެ. ޢަރަބިންގެ ބޮޑެތި ބާޒާރުތަކަށް (ޢުކާޡް، މިޖަންނާ ފަދަ) ވަޑައިގެން ވިޔަފާރި ކުރަށްވައި، ޤަބީލާތަކުގެ ތާރީޚާއި ހަނގުރާމަތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައެވެ. ވިޔަފާރީގެ ދަތުރުތަކުގައި ސޫރިޔާއަށާއި ޔަމަނަށް ވަޑައިގެންނެވިއެވެ. މީގެ ސަބަބުން އެކަލޭގެފާނަކީ މައްކާގެ މުޖުތަމަޢުގައި ޤަދަރުވެރި، މުއްސަނދި ބޭކަލަކަށް ވެވަޑައިގަތެވެ.
ޢުމަރުގެފާނަކީ ބުއްދިވެރި، ބަސްމަގު ސާފު، އަދި ހަރުދަނާ ބޭކަލަކަށް ވުމުން، ޤުރައިޝުންގެ ސަފީރެއްގެ ގޮތުގައި އެހެން ޤަބީލާތަކާ މުޢާމަލާތް ކުރެއްވުމަށް އިސްކުރެވުނެވެ. އިބްނުލް ޖައުޒީ ވިދާޅުވެފައިވަނީ، ޤުރައިޝުންނާއި އެހެން ބަޔަކާ ދެމެދު ހަނގުރާމައެއް ނުވަތަ ބޮޑު ކަމެއް ދިމާވެއްޖެނަމަ، ސަފީރެއްގެ ގޮތުގައި ފޮނުއްވަނީ ޢުމަރުގެފާނު ކަމަށެވެ.
އިސްލާމްވެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނަކީ އިސްލާމްދީނާ ނުހަނު ދެކޮޅުވެރި ބޭކަލެކެވެ. މުސްލިމުންނަށް ގޯނާކޮށް އަނިޔާވެރިވުމުގައި އެންމެ ކުރީގައި އުޅުއްވި އެކަކީ އެކަލޭގެފާނެވެ. ނަމަވެސް އިސްލާމްވެވަޑައިގަތުމަށްފަހު، ޙައްޤާއި ބާޠިލްގެ ތަފާތު އެންމެ ބޮޑަށް ދެނެވަޑައިގަތީވެސް އެކަލޭގެފާނެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: "އިސްލާމްދީނުގެ ތެރޭގައި ތިބެ، ޖާހިލިއްޔަތަކީ ކޮބައިކަން ނޭނގޭ ޖީލެއް އުފެދުމުން، އިސްލާމްދީނުގެ ގޮށްތައް އެކި ދިމަދިމާލުން މޮހެމުންދާނެއެވެ."
މުސްލިމުންގެ ކުޑަ ގުރޫޕެއް ޙަބުޝްކަރައަށް ހިޖުރަކުރުމުން، ޤުރައިޝުންގެ އެއްބައިވަންތަކަން ގެއްލިދާނެތީ ކަންބޮޑުވެ، ރަސޫލާ (ޞ.ޢ.ވ.) އަވަހާރަކޮށްލުމަށް ޢުމަރުގެފާނު ނިކުންނެވިއެވެ. މަގުމަތިން އެކަލޭގެފާނުގެ އެކުވެރި ނުޢައިމް ބިން ޢަބްދުﷲ އާ ބައްދަލުވިއެވެ. ނުޢައިމް ވަނީ ސިއްރިއްޔާތުގައި އިސްލާމްވެފައެވެ. ޢުމަރުގެފާނު ކުރައްވަން އުޅުއްވާ ކަންތައް އެނގުމުން، އެކަން ހުއްޓުވުމަށްޓަކައި ޢުމަރުގެފާނުގެ އަމިއްލަ އާއިލާ (އެކަލޭގެފާނުގެ އުޚުތާއި ޅިޔަނު) އިސްލާމްވެފައިވާ ޚަބަރު ދެއްވިއެވެ.
އުޚުތުގެ ގެއަށް ވަޑައިގެންނެވިއިރު، އެބޭފުޅުން ޠާހާ ސޫރަތުގެ އާޔަތްތަކެއް ކިޔަވަން ތިއްބެވިއެވެ. މިކަމާ ކޯފާވެގެން ޅިޔަނު ސަޢީދު ބިން ޒައިދުގެ ގައިގައި ޖައްސަވައި، އެކަން ހުއްޓުވަން އުޅުނު އުޚުތު ފާތިމަތުގެ މޫނުމަތީގައި ޖެއްސެވުމުން ލޭ އޮހިގެން ދިޔައެވެ. ނަމަވެސް އެބޭފުޅުންގެ ސާބިތުކަން ފެނިވަޑައިގެން، ޢުމަރުގެފާނުގެ ހިތްޕުޅަށް އަސަރުކޮށް، އެ ކިޔަވަމުންދިޔަ އެއްޗެއް ބެއްލެވުމަށް އެދިވަޑައިގަތެވެ. ހިނައިގަނެ ތާހިރުވެވަޑައިގަތުމަށްފަހު ޤުރުއާން ކިޔަވައި ވިދާޅުވުމުން، އެކަލޭގެފާނުގެ ހިތްޕުޅު މަޑުމޮޅިވެ، އީމާންކަމުގެ ނޫރުން ހިތްޕުޅު އުޖާލާވިއެވެ.
މިކަން މިހެންވުމުގެ އަސްލު ސަބަބަކީ ރަސޫލާ (ޞ.ޢ.ވ.) ކުރެއްވި ދުޢާފުޅެވެ. އެކަލޭގެފާނު ދުޢާކުރެއްވިއެވެ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަބޫ ޖަހުލު ބިން ހިޝާމް ނުވަތަ ޢުމަރު ބިން އަލްޚައްޠާބު، މިއިން ކުރެ އިބަރަސްކަލާނގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑު ބޭކަލަކު މެދުވެރިކޮށް އިސްލާމްދީނަށް ޢިއްޒަތް ދެއްވާފާނދޭވެ!"
ޢުމަރުގެފާނު އިސްލާމްވެވަޑައިގަތީ މީލާދީން 616 ގައެވެ. އޭރު ޢުމުރުފުޅަކީ 27 އަހަރެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ޙަމްޒަތުގެފާނު އިސްލާމްވެވަޑައިގަތްތާ ތިން ދުވަސް ފަހުންނެވެ. އޭރު މުސްލިމުންގެ އަދަދަކީ 39 އެވެ. ޢުމަރުގެފާނާއެކު އެ އަދަދު 40 އަށް ހަމަވިއެވެ. އިބްނު މަސްޢޫދު (ރ.ޢ.) ވިދާޅުވެފައިވަނީ، ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިން ކަޢުބަތުﷲ ގެ ކައިރީގައި ނަމާދުކޮށް ހެދުމަކީ މުސްލިމުންނަށް ކުރަން ކެރުނު ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން، ފާޅުގައި ޙަރަމްފުޅުގައި ނަމާދުކުރުމުގެ ފުރުސަތު މުސްލިމުންނަށް ތަނަވަސްވިއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަކީ ނަޞްރެކެވެ. ހިޖުރަކުރެއްވުމަކީ އެހީތެރިކަމެކެވެ. އަދި ޚިލާފަތަކީ ރަޙުމަތެކެވެ.
މުސްލިމުންގެ ގިނަ ބޭކަލުން ސިއްރިއްޔާތުގައި ހިޖުރަކުރެއްވި ނަމަވެސް، ޢުމަރުގެފާނު ހިޖުރަކުރެއްވީ ފާޅުގައެވެ. ޢަލީގެފާނު (ރ.ޢ.) ވިދާޅުވެފައިވެއެވެ: "ޢުމަރުގެފާނު ފިޔަވައި ސިއްރިއްޔާތުގައި ނޫނީ ހިޖުރަކުރެއްވި އެއްވެސް މުހާޖިރަކު އަހަރެންނަކަށް ނޭނގެއެވެ. އެކަލޭގެފާނު ހިޖުރަކުރައްވަން ނިންމެވުމުން، ކަނޑި ހިއްޕަވައި، ދުނިދަނޑި ކޮނޑުގައި އަޅުއްވައިގެން ކަޢުބަތުﷲ އަށް ވަޑައިގެންނެވިއެވެ. އޭރު ޤުރައިޝުންގެ ބޮޑުން އެތަނުގައި ތިއްބެވެ. އެކަލޭގެފާނު ހަތް ފަހަރު ތަވާފު ކުރެއްވުމަށްފަހު، މަޤާމު އިބްރާހީމް ކައިރީގައި ނަމާދު ކުރެއްވިއެވެ. އެއަށްފަހު އެތަނުގައި ތިބި މީހުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ: "ތިޔަބައިމީހުންގެ މޫނުތައް ހުތުރުވެގެންވެއެވެ! ތިމާގެ މަންމަ ރޮއްވާލަން ބޭނުންވާ މީހަކު ނުވަތަ ދަރިން ޔަތީމުކޮށް އަނބިމީހާ ހުވަފަތްކުރަން ބޭނުންވާ މީހަކު، މި ވާދީގެ ފުރަގަހުން އަހަރެންނާ ބައްދަލުކުރަން އަންނާށެވެ!" ޢަލީގެފާނު ވިދާޅުވިއެވެ: "ނިކަމެތިވެފައިވާ މަދު ބަޔަކު މެނުވީ އެކަލޭގެފާނުގެ ފަހަތްޕުޅުން ނުދެއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އިސްލާމްދީނުގެ ކަންކަން އުނގަންނަވައި ދެއްވުމަށްފަހު ދަތުރު ކުރިއަށް ގެންދެވިއެވެ."
އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ: ޢުމަރުގެފާނު ވިދާޅުވިއެވެ: "ތިން ކަމެއްގައި ތިމަންކަލޭގެފާނުގެ ރައުޔު މާތްﷲ ބާވައިލެއްވި ވަޙީއާ އެއްގޮތްވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ: 'އޭ މާތްﷲގެ ރަސޫލާއެވެ! މަޤާމު އިބްރާހީމަކީ ނަމާދުކުރާ ތަނެއްގެ ގޮތުގައި ކަލޭގެފާނު ހެއްދެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟' ދެން މާތްﷲ މި އާޔަތް ބާވައިލެއްވިއެވެ: (وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى) މާނައީ: 'އަދި މަޤާމު އިބްރާހީމަކީ ނަމާދުކުރާ ތަނެއްގެ ގޮތުގައި ތިޔަބައިމީހުން ހިފާށެވެ.' (ސޫރަތުލް ބަޤަރާ: 125)"
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ މާތްﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހަށް ހެޔޮލަފާ މީހުންނާއި ނުބައި މީހުން ވަދެއުޅެއެވެ. އެކަނބަލުން ނިވާވެވަޑައިގަތުމަށް (ޙިޖާބުވުމަށް) އަމުރުކުރެއްވި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟" ދެން ޙިޖާބުގެ އާޔަތްތައް ބާވައިލެއްވުނެވެ. އަދި އެކަލޭގެފާނުގެ އަނބިން އެކަލޭގެފާނާ ދެކޮޅަށް އެއްވި ހިނދު، ޢުމަރުގެފާނު އެކަނބަލުންނަށް ވިދާޅުވިއެވެ: "އެކަލޭގެފާނު ތިޔަކަނބަލުން ވަރިކުރަށްވައިފިނަމަ، ތިޔަކަނބަލުންނަށްވުރެ ހެޔޮލަފާ އަނބިންތަކެއް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ދެއްވަފާނެއެވެ." އެއާއެކު މާތްﷲ އެފަދަ ޢިބާރާތަކުން އާޔަތް ބާވައިލެއްވިއެވެ. (ސޫރަތުއް ތަޙްރީމް: 5)
ޢުމަރުގެފާނަކީ ފިޤުހުވެރި ބޭފުޅެކެވެ. އެކަލޭގެފާނު އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މުސްލިމުންނާއި މުސްލިމު ނޫން މީހުންގެ މެދުގައިވެސް ޤާއިމުކުރެއްވި ޢަދުލުވެރިކަމުގެ ސަބަބުންނެވެ. މި ސިފަފުޅުގެ ސަބަބުން އެކަލޭގެފާނަށް "އަލްފާރޫޤު" (ޙައްޤާއި ބާޠިލު ވަކިކޮށްދެއްވާ ބޭފުޅާ) ގެ ލަޤަބު ދެވުނެވެ.
ޢުމަރުގެފާނަކީ މާތްﷲގެ ކުރިފުޅުމަތީގައި ނުހަނު މަޑުމޮޅި، އާދައިގެ ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. ފަރިއްކުޅުއްވަނީ ވަރަށް އާދައިގެ ކާނާއެވެ. ހެދުންކޮޅުގައި ބޮޑެތި ފޮތިގަނޑުތައް ލައްވައިގެން ބޭނުންކުރެއްވިއެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއެކުވެސް، ކޮނޑުފުޅުގައި ފެންހަން އުފުއްލަވައި ހެއްދެވިއެވެ. ހިނިތުންވެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ. އެކަލޭގެފާނުގެ އަނގޮޓިކޮޅުގައި "އޭ ޢުމަރެވެ! ނަޞޭޙަތެއްގެ ގޮތުގައި މަރު ފުދެއެވެ." މިފަދައިން ލިޔެވިފައިވެއެވެ.
ޚަލީފާކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. "ބައިތުލްމާލުން ތިމަންކަލޭގެފާނަށް ދެ ހެދުމެއް ފިޔަވައި އިތުރު އެއްޗެއް ހަލާލެއް ނޫނެވެ. އެއީ ފިނި މޫސުމަށް ހެދުމަކާއި ހޫނު މޫސުމަށް ހެދުމެކެވެ. ތިމަންކަލޭގެފާނުގެ ޢާއިލާގެ ޚަރަދުތައް ހުންނާނީ ޤުރައިޝުންގެ މުއްސަނދިންގެ ފެންވަރަކު ނޫނެވެ، ނަމަވެސް އާދައިގެ މީހެއްގެ ފެންވަރުގައެވެ. ސަބަބަކީ ތިމަންކަލޭގެފާނަކީ މުސްލިމުންގެ ތެރެއިން އާދައިގެ މީހަކީމެވެ."
މުޢާވިޔާ ބިން އަބީ ސުފްޔާން ވިދާޅުވިއެވެ. "އަބޫބަކުރުގެފާނު ދުނިޔެއަކަށް ނޭދެއެވެ، އަދި ދުނިޔެ އެކަލޭގެފާނަކަށް ނޭދެއެވެ. ޢުމަރުގެފާނަށް ދުނިޔެ އެދުނެވެ، ނަމަވެސް އެކަލޭގެފާނު ދުނިޔެއަކަށް ނޭދެއެވެ. އަދި އަހަރެމެން މިތިބީ ދުނިޔޭގެ އެދުންވެރިކަމުގައި ޣަރަޤުވެފައެވެ."
ތަދުމަޑުކަމުގެ ދުވަސްވަރު، ޢުމަރުގެފާނު ފަރިއްކުޅުއްވީ ހަމައެކަނި ރޮށްޓާއި ޒައިތޫނި ތެލެވެ. އެކަމުގެ ސަބަބުން ހަމުގެ ކުލަ ބަދަލުވުމުން ވިދާޅުވިއެވެ: "ރައްޔިތުން ބަނޑަށް ތިއްބާ ތިމަންކަލޭގެފާނު ބަނޑުފުރައި ކައިފިނަމަ، އެއީ ކިހާ ނުބައި ވެރިއެއް ހެއްޔެވެ؟"
އަބޫބަކުރުގެފާނުގެ ބަލިހާލަތު ބޮޑުވި ހިނދު، މީހުން އެއްކުރައްވައި ވިދާޅުވިއެވެ. "މިހާރު މިވަނީ ތިޔަބައިމީހުންނަށް ފެންނަ ފަދަ ހާލަތެއްގައެވެ. ތިމަންކަލޭގެފާނު އަވަހަށް މަރުވެދާނެ ކަމަށް ހީވެއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކުރި ބައިޢަތުން މިހާރު ތިޔަބައިމީހުން މިނިވަންވެއްޖެއެވެ. ތިޔަބައިމީހުންގެ ކަންކަން އޮތީ ތިޔަބައިމީހުންގެ އަތްމަތީގައެވެ. އެހެންކަމުން ތިޔަބައިމީހުން ބޭނުން މީހަކު އިސްކުރާށެވެ."
ޞަޙާބީން އެކަކު އަނެކަކާ މަޝްވަރާކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ދެންނެވިއެވެ. "އޭ މާތްﷲގެ ރަސޫލާގެ ޚަލީފާއެވެ! އެކަން ނިންމެވުން ތިމަންމެން ކަލޭގެފާނަށް ދޫކޮށްލައިފީމެވެ." އަބޫބަކުރުގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނަށް ވަގުތުކޮޅެއް ދޭށެވެ. މާތްﷲ އެންމެ ރުހިވޮޑިގަންނަވާ، ދީނާއި ރައްޔިތުންނަށް އެންމެ ބޮޑަށް ރައްކާތެރިވާނެ މީހަކު އިޚްތިޔާރު ކުރުމަށެވެ." ދެން އެކަލޭގެފާނު ރައްޔިތުންނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އިސްކުރާ މީހަކަށް ތިޔަބައިމީހުން ރުހޭނަން ހެއްޔެވެ؟ މާތްﷲ ގަންދީ ބުނަމެވެ، ތިމަންކަލޭގެފާނު އެންމެ ހެޔޮ މީހަކު އިސްކުރުމަށް މަސައްކަތްކުރީމެވެ. ތިމަންކަލޭގެފާނުގެ ތިމާގެ މީހަކު އިސްނުކުރަމެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ވެރިއަކަށް ޢުމަރު ބިން އަލްޚައްޠާބު އިސްކޮށްފީމެވެ. އެކަލޭގެފާނުގެ ބަސް އަހައި ކިޔަމަންވާށެވެ." ޞަޙާބީން ދެންނެވިއެވެ: "އަހަރެމެން އަޑުއަހައި ކިޔަމަންވެއްޖައީމެވެ."
ޢުމަރުގެފާނު ޚަލީފާކަމަށް އިސްކުރެވުނީ ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ 22 ވީ ހޯމަ ދުވަހު (23 އޮގަސްޓް 634 މ.) އެވެ. އެކަލޭގެފާނަކީ "އަމީރުލް މުއުމިނީން" ގެ ލަޤަބު އެންމެ ފުރަތަމަ އެރުވުނު ޚަލީފާއެވެ.
އެކަލޭގެފާނުގެ ޚަލީފާކަމުގެ ދައުރުގައި ކުރެއްވި މުހިންމު ބައެއް މަސައްކަތްޕުޅުތަކަކީ:
ހިޖުރީ ކަލަންޑަރު (މާތް ނަބިއްޔާ ﷺ މަދީނާއަށް ހިޖުރަކުރެއްވި ތާރީޚަށް ބިނާކޮށް) އެންމެ ފުރަތަމަ އުފެއްދެވީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ދައުރުގައި އިސްލާމީ ދައުލަތް ވަރަށް ބޮޑަށް ފުޅާވެގެން ދިޔައެވެ. މުޅި ޢިރާޤު، މިޞްރު، ލީބިޔާ، ފާރިސްކަރަ، އަދި އަރުމީނިއާ ފަދަ ސަރަޙައްދުތައް ފަތަޙަކުރެވުނެވެ. އަދި މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ ބައިތުލް މަޤްދިސް ފަތަޙަކުރެވުނީވެސް އެކަލޭގެފާނުގެ ދައުރުގައެވެ. ދައުލަތް ހިންގުމަށްޓަކައި އެކި ދާއިރާތަކަށް އިސް އޮފިޝަލުން އައްޔަންކުރެއްވިއެވެ. އޭގެ ތެރޭގައި ސެކްރެޓަރީންނާއި، ޓެކްސް ބަލަހައްޓާ މީހުންނާއި، ފުލުހުންގެ ވެރިންނާއި، ބައިތުލްމާލުގެ އޮފިސަރުން ހިމެނެއެވެ.
ދައުލަތުގެ އޮފިޝަލުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ޚާއްޞަ އިދާރާއެއް އެންމެ ފުރަތަމަ އުފެއްދެވީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައި ތިއްބަވާ ގަވަރުނަރުންނާއި އޮފިޝަލުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ވިޔަފާރިއެއް ނުވަތަ މުޢާމަލާތެއް ކުރުން މަނާކުރެއްވިއެވެ.
އިމާމް އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި، ހިޖުރައިން 23 ވަނަ އަހަރު ޢުމަރުގެފާނު ޙައްޖުގެ އަޅުކަން ނިންމެވުމަށްފަހު، މާތްﷲގެ މަގުގައި ޝަހީދުވުމަށާއި، އެކަލޭގެފާނުގެ މަރު މާތް ނަބިއްޔާ ﷺ ގެ ރަށުގައި (މަދީނާގައި) ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ.
އެކަލޭގެފާނު ފަތިސް ނަމާދަށް ހުންނަވަނިކޮށް، އަބޫ ލުއުލުއުލް މަޖޫސީ (އަލިފާނަށް އަޅުކަންކުރާ މީހަކު) ދެ މިޔަ ލީ ޚަންޖަރަކުން އެކަލޭގެފާނަށް ތިން ފަހަރު ޙަމަލާދިނެވެ. އެއާއެކު އެކަލޭގެފާނު ވެއްޓިވަޑައިގަތެވެ. އަދި ނަމާދު ފުރިހަމަ ކުރުމަށް ޢަބްދުއްރަޙްމާން ބިން ޢައުފަށް އެންގެވިއެވެ. އެ މުޖުރިމު މިސްކިތުން ނުކުންނަން ދިއުމުގެ ތެރޭގައި އިތުރު 13 މީހަކަށް ޙަމަލާދިން އިރު، އޭގެ ތެރެއިން 6 މީހަކު ނިޔާވިއެވެ. އޭނާ ހައްޔަރުކުރަން އުޅުމުން، އަމިއްލައަށް މަރުވިއެވެ.
އެކަލޭގެފާނު ގެއަށް ގެންދެވުނު ފަހުން، ތިމަންކަލޭގެފާނު މަރާލީ ކާކުތޯ ސުވާލުކުރެއްވިއެވެ. އެއީ އަބޫ ލުއުލުއުލް މަޖޫސީކަން އެނގުމުން ވިދާޅުވިއެވެ: "މާތްﷲއަށް ޙަމްދު ހުއްޓެވެ. ތިމަންކަލޭގެފާނު މަރާލި މީހަކީ އެންމެ ފަހަރަކުވެސް މާތްﷲއަށް ސަޖިދަކުރި މީހަކަށް ނުވިކަމީ ލިބުނު އުފަލެކެވެ."
އެއަށްފަހު، އޭނާގެ ފަހުން ޚަލީފާއަކު އިޚްތިޔާރުކުރުމަށްޓަކައި ހަ ޞަޙާބީންގެ މެދުގައި މަޝްވަރާކުރުމަށް އެންގެވިއެވެ. އެ ބޭފުޅުންނަކީ ޢުޘްމާނުގެފާނު، ޢަލީގެފާނު، ޠަލްޙާގެފާނު، ޒުބައިރުގެފާނު، ޢަބްދުއްރަޙްމާން ބިން ޢައުފް އަދި ސަޢުދު ބިން އަބީ ވަޤާޞް އެވެ.
ޢުމަރުގެފާނު އަވަހާރަވީ ހިޖުރައިން 23 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 26 ވީ ބުދަ ދުވަހުއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 63 އަހަރެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް، ޢާއިޝަތުގެފާނުގެ ހުއްދައާއެކު، މަސްޖިދުއް ނަބަވީގައި މާތް ނަބިއްޔާ ﷺ އާއި އަބޫބަކުރުގެފާނުގެ އަރިހުގައި ފަސްދާނުލެވުނެވެ.
ޢުމަރުގެފާނުގެ ބައެއް ޙިކުމަތްތެރި ބަސްފުޅުތައް:
"ތިމާގެ ސިއްރުތައް ފޮރުވާ މީހާއަށް (އެ ސިއްރު އެހެން މީހަކަށް ބުނުމުގެ) އިޚްތިޔާރު އޮންނާނެއެވެ. ނަމަވެސް، ޝައްކު އުފެދޭ ފަދަ ގޮތަކަށް ވާހަކަދައްކާ ނުވަތަ ޢަމަލުކުރާ މީހާ، އެހެން މީހަކު އޭނާއާ މެދު ގޯސްކޮށް ހީކުރުމުން އެކަމާ އެހެން މީހަކު ކުށްވެރިކޮށްގެން ނުވާނެއެވެ." "ކަލޭގެފާނުގެ އަޚާ ބުނާ ބަހެއްގައި ރަނގަޅު މާނައެއް ނެގުމުގެ ފުރުޞަތު އޮތްހާ ހިނދަކު، އެ ބަހާމެދު ގޯސްކޮށް ހީނުކުރާށެވެ." "އިޚްލާޞްތެރި ރަޙްމަތްތެރިން ހޯދައި، އެމީހުންނާ ގާތް ގުޅުމެއް ބާއްވާށެވެ. ސަބަބަކީ އެއީ ތަނަވަސްކަމުގެ ވަގުތުގައި އުފަލެކެވެ. އަދި ދަތި ހާލުގައި އެހީތެރިއެކެވެ."
ޢުމަރުގެފާނު ލަޝްކަރެއް ފޮނުއްވާ ކޮންމެ ފަހަރަކު މާތްﷲއަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރައްވައެވެ. އަދި ހަނގުރާމައިގައި އަންހެނުންނާއި، ކުޑަކުދިންނާއި، ދުވަސްވީ މީހުން ނުމެރުމަށާއި، އަދި އެއްވެސް މީހެއްގެ ގުނަވަންތައް ބުރިކޮށް އިހާނެތި ނުހެދުމަށް އަމުރުކުރައްވައެވެ.
މާތްﷲ ޢުމަރުގެފާނަށް ރުއްސުންލައްވައި، ހެޔޮ ޖަޒާ ދެއްވާށިއެވެ. އަބަދަށްޓަކައި އެކަލޭގެފާނަށް ސަލާމް ހުއްޓެވެ. އާމީން!

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު