މައިކްރޯސޮފްޓްގެ ބާނީ އަދި މަޝްހޫރު ދިލަތި ފަރާތް، ބިލް ގޭޓްސް ބުދަ ދުވަހު ކޮންގްރެސްގެ ކޮމިޓީއަކަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ކުށްވެރިވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރުމަކީ އޭނާގެ ހަޔާތުގައި ހެދިފައިވާ އެންމެ ބޮޑު އެއް ގޯސް ކަމަށެވެ. އެޕްސްޓީންއާ ގުޅުން އޮތް ނުފޫޒުގަދަ މީހުންގެ މައްސަލަ ބަލަމުންދާ ކޮމިޓީގައި ސިއްރުކޮށް ދެއްވި މި ބަޔާނުގައި ގޭޓްސް ވަނީ އެކަމާ މެދު ނުހަނު ބޮޑަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ގޭޓްސް ފައުންޑޭޝަންގެ ދުނިޔޭގެ ސިއްހީ ހަރަކާތްތަކަށް އެހީ ހޯދުމުގައި އެޕްސްޓީން އެހީތެރިވެދޭނެ ކަމަށް އޭރު ގަބޫލުކުރެވުނު ނަމަވެސް، އެއްވެސް ހާލެއްގައި އޭނާއާ ގުޅުން ބާއްވައިގެން ނުވާނެ ކަމަށް ގޭޓްސް ވިދާޅުވިއެވެ. "އެންމެ ފުރަތަމަވެސް އަޅުގަނޑު އެޕްސްޓީންއާ ބައްދަލުކޮށްގެން ނުވާނެ. މިހާރު އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ ވައުދުވި ފަދަ އެހީތެރިކަމެއް ލިބުނު ނަމަވެސް، އޭނާއާ އެކު ގުޅުން ބޭއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން،" ގޭޓްސް ވިދާޅުވިއެވެ.
އުމުރުން 70 އަހަރުގެ ގޭޓްސް ވަނީ އެޕްސްޓީން ހިންގި އެއްވެސް ޖިނާއީ އަމަލެއް ފެނިފައި ނުވާ ކަމަށާއި، އަދި އޭނާ އަމިއްލައަށްވެސް އެފަދަ އެއްވެސް ގޯސް ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ އެކަންކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެޕްސްޓީންގެ އަމިއްލަ ރަށަކަށް، ދަނޑަކަށް ނުވަތަ ފްލޮރިޑާގައި ހުންނަ ގެއަކަށްވެސް އޭނާ ދިޔައީއެއް ނޫނެވެ.
ގޭޓްސްއާއި އެޕްސްޓީން ފުރަތަމަ ބައްދަލުވީ 2011 ވަނަ އަހަރު، ކުޑަކުދިން ލައްވައި ހަށިވިއްކުވި މައްސަލައެއްގައި އެޕްސްޓީން ކުށްވެރިވިތާ ތިން އަހަރު ފަހުންނެވެ. ގޭޓްސް ވިދާޅުވީ އޭނާ އެޕްސްޓީންއާ ތައާރަފުވީ އިތުބާރު ހުރި ދާއިރާތަކުގެ މީހުންގެ ފަރާތުން ކަމަށާއި، އެޕްސްޓީން މެދުވެރިކޮށް ބޮޑެތި އެހީތެރިން ހޯދިދާނެ ކަމަށް އޭރު އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް، 2014 ވަނަ އަހަރާ ހަމައަށް ކުރެވުނު މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނުކުތުމުން، އޭނާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލި ކަމަށް ގޭޓްސް ވިދާޅުވިއެވެ.
މީގެ އިތުރުން، ގޭޓްސްގެ އަމިއްލަ ދިރިއުޅުމުގެ ސިއްރު ބައެއް މައުލޫމާތުތައް ބޭނުންކޮށްގެން، އަލުން ގުޅުން ބޭއްވުމަށް އެޕްސްޓީން އޭނާއަށް މަޖުބޫރުކުރަން އުޅުނު ކަމަށްވެސް ގޭޓްސް ހާމަކުރެއްވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެޕްސްޓީންއާ ބޭއްވުނު މި ކުރު ގުޅުމުގެ ސަބަބުން، 70 ބިލިއަން ޑޮލަރަށްވުރެ ބޮޑު ރައުސްމާލެއް އޮތް ގޭޓްސް ފައުންޑޭޝަންގެ އަބުރަށް ހުތުރުވެފައިވާކަން އޭނާ ގަބޫލުކުރައްވައެވެ. މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި އިތުބާރަކީ އެންމެ މުހިންމު އަސާސް ކަމަށާއި، އެޕްސްޓީންއާ ބައްދަލުކުރުމަކީ ކުރެވުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގޭޓްސް ތަކުރާރުކުރެއްވިއެވެ.
އެޕްސްޓީންގެ މައްސަލަތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އާންމުކުރުމަށް ތާއީދުކުރައްވާ ކަމަށާއި، އޭނާގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ. ޖެފްރީ އެޕްސްޓީން 2019 ވަނަ އަހަރު ހައްޔަރުކުރެވުނު ފަހުން، ޝަރީއަތް ފެށުމުގެ ކުރިން ޖަލުގައި ވަނީ އަމިއްލައަށް މަރުވެފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު