ފީފާ ވޯލްޑް ކަޕްގެ 23 ވަނަ މުބާރާތް އުތުރު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މުބާރާތް ހުޅުވާ މެޗުގައި އެސްޓާޑިއޯ އަޒްޓެކާގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި މުބާރާތަށްވުރެ 16 ޓީމު އިތުރުކޮށް، ޖުމްލަ 48 ޓީމާއެކު ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގެ ފާހަގަކޮށްލެވޭ ތަރިން ކަމަށްވާ މިޞްރުގެ މުޙައްމަދު ޞަލާޙް އާއި އަލްޖީރިއާގެ ރިޔާދު މަހްރޭޒް ހިމެނެއެވެ.
މީގެ ކުރީގެ މުބާރާތްތަކެކޭ އެއްފަދައިން، މި މުބާރާތަކީވެސް ޒުވާން ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ، މެދުއިރުމައްޗާއި އުތުރު އެފްރިކާއަށް ނިސްބަތްވާ ފަސް ޒުވާން ކުޅުންތެރިއަކަށް ބަލާލާނަމެވެ.
އައްޔޫބު ބޫއައްދީ (މޮރޮކޯ)
އުމުރު: 18 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 3 (0)
ކްލަބް: ލިލް
މި މިޑްފީލްޑަރަކީ ފަރަންސޭސިވިލާތުގެ ޒުވާން ޓީމުތަކުން ތަމްރީނުވެގެން އައި ކުޅުންތެރިއެކެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހު އޭނާ ވަނީ ޔޫރޯ 21 އަހަރުންދަށުގެ ކޮލިފައިންގައި ލަކްސަމްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ފަރަންސޭސި 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ކުރިން އޭނާ ވަނީ މޮރޮކޯގެ ގައުމީ ޓީމަށް ކުޅުމަށް ނިންމާފައެވެ.
މޮރޮކޯގެ ކޯޗު މުޙައްމަދު ވަހްބީ ބުނީ، ބޫއައްދީއަކީ ވަރަށް އަވަހަށް ކަންކަން ދަސްކުރާ، ހުނަރުވެރި އަދި އަޚްލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ. އޭނާއަކީ ފަރަންސޭސި ކްލަބް ލިލްގެ ތާރީޚުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މެދުތެރޭގައި ކުޅޭ މި ކުޅުންތެރިޔާއަކީ ބޯޅަ ހޯދުމަށާއި މެޗުގެ ކޮންޓްރޯލް ހިފެހެއްޓުމަށް ކުޅަދާނަ ކުޅުންތެރިއެކެވެ.
އިބްރާހީމް މާޒާ (އަލްޖީރިއާ)
އުމުރު: 20 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 15 (2)
ކްލަބް: ބަޔާ ލެވަކޫސަން
މާޒާއަކީ މި މުބާރާތުގައި އަލްޖީރިއާ ޓީމުން ފެންނާނެ އެންމެ އުންމީދީ އެޓޭކިންގ ކުޅުންތެރިޔާއެވެ. ޖަރުމަނުގެ ބާލިންއަށް އުފަން މި ކުޅުންތެރިޔާ ވަނީ ޖަރުމަނުގެ ޒުވާން ޓީމުތަކަށް ކުޅުމަށްފަހު، ސީނިއާ ލެވެލްގައި އަލްޖީރިއާ އިޚްތިޔާރު ކޮށްފައެވެ. ބަޔާ ލެވަކޫސަންގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ ދަނޑުމަތީގައި ވަރަށް ހަރަކާތްތެރި، އަދި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއެކެވެ.

ޙަމްޒާ ޢަބްދުލްކަރީމް (މިޞްރު)
އުމުރު: 18 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 2 (0)
ކްލަބް: ބާސެލޯނާ
ޙަމްޒާއަކީ މިޞްރުގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން ފޯވާޑެވެ. މިޞްރުގެ އަލް އަހްލީން ކެރިއަރު ފެށި މި ކުޅުންތެރިޔާ މިހާރު ކުޅެމުންދަނީ ދުނިޔޭގެ މަޝްހޫރު ބާސެލޯނާއަށެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުމިނާއި، ހަލުވި މިނުގެ ސަބަބުން "މިޞްރުގެ ހާލަންޑް" ގެ ނަމުން އޭނާއަށް ވަނީ މަޝްހޫރުކަން ލިބިފައެވެ. ލަނޑު ޖެހުމުގެ އިތުރުން، އޭނާއަކީ ދަނޑުމަތީގައި ބޯޅަ ނެތިވެސް ވަރަށް ބުއްދިވެރި ހަރަކާތްތަކެއް ކުރާ ކުޅުންތެރިއެކެވެ.

ރަޔާން އެލޫމީ (ޓިއުނީޝިއާ)

ކްލަބް: ވެންކޫވަރު ވައިޓްކެޕްސް
ކެނެޑާގައި ބޮޑުވި ނަމަވެސް، އެލޫމީ ނިންމީ އޭނާގެ މައިންބަފައިންގެ ގައުމު ކަމަށްވާ ޓިއުނީޝިއާއަށް ކުޅުމަށެވެ. މިއީ އެގައުމުގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެމް.އެލް.އެސް ގައި ކުޅެމުންދާ މި ކުޅުންތެރިޔާއަކީ ތަފާތު ގޮތްގޮތަށް އެޓޭކް އުފެއްދުމުގެ ގާބިލްކަން ހުރި ފޯވާޑެކެވެ. އުމުރުން އެންމެ 18 އަހަރުގައި ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ އޭނާ ދެކޭގޮތުގައި ވަރަށް ބޮޑު ނަސީބެކެވެ.
މުޞްޢަބު އަލް ޖުވައިރު (ސައުދީ އަރަބިއްޔާ)
އުމުރު: 22 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 34 (6)
ކްލަބް: އަލް ގާދިސިއްޔާ
މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ މުޞްޢަބެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 34 މެޗު ކުޅެދީފައެވެ. ސައުދީ ލީގުގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައެވެ. އޭނާއަކީ މެދުތެރެއިން ފޯވާޑުންނަށް ރީތި ފުރުޞަތުތައް ތަނަވަސްކޮށްދޭ، ކުޅުންތެރި ނަންބަރު 10 އެކެވެ. ސައުދީ ޓީމުގެ މެދުތެރޭގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

Première sélection pour Ayyoub Bouaddi. Entré en jeu face à Madagascar, le jeune milieu de terrain a effectué ses premiers pas sous le maillot de l'équipe nationale du Maroc.#AyyoubBouaddi #LionsDeLAtlas #MarocMadagascar #FootMaroc #SNRTnews pic.twitter.com/ZSeBL8tuCi
— SNRTNewsfr (@SNRTNewsfr) June 2, 2026
އިބްރާހީމް މާޒާ (އަލްޖީރިއާ)
އުމުރު: 20 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 15 (2)
ކްލަބް: ބަޔާ ލެވަކޫސަން
މާޒާއަކީ މި މުބާރާތުގައި އަލްޖީރިއާ ޓީމުން ފެންނާނެ އެންމެ އުންމީދީ އެޓޭކިންގ ކުޅުންތެރިޔާއެވެ. ޖަރުމަނުގެ ބާލިންއަށް އުފަން މި ކުޅުންތެރިޔާ ވަނީ ޖަރުމަނުގެ ޒުވާން ޓީމުތަކަށް ކުޅުމަށްފަހު، ސީނިއާ ލެވެލްގައި އަލްޖީރިއާ އިޚްތިޔާރު ކޮށްފައެވެ. ބަޔާ ލެވަކޫސަންގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ ދަނޑުމަތީގައި ވަރަށް ހަރަކާތްތެރި، އަދި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއެކެވެ.

ޙަމްޒާ ޢަބްދުލްކަރީމް (މިޞްރު)
އުމުރު: 18 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 2 (0)
ކްލަބް: ބާސެލޯނާ
ޙަމްޒާއަކީ މިޞްރުގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން ފޯވާޑެވެ. މިޞްރުގެ އަލް އަހްލީން ކެރިއަރު ފެށި މި ކުޅުންތެރިޔާ މިހާރު ކުޅެމުންދަނީ ދުނިޔޭގެ މަޝްހޫރު ބާސެލޯނާއަށެވެ. އޭނާގެ ހަށިގަނޑުގެ ބޮޑުމިނާއި، ހަލުވި މިނުގެ ސަބަބުން "މިޞްރުގެ ހާލަންޑް" ގެ ނަމުން އޭނާއަށް ވަނީ މަޝްހޫރުކަން ލިބިފައެވެ. ލަނޑު ޖެހުމުގެ އިތުރުން، އޭނާއަކީ ދަނޑުމަތީގައި ބޯޅަ ނެތިވެސް ވަރަށް ބުއްދިވެރި ހަރަކާތްތަކެއް ކުރާ ކުޅުންތެރިއެކެވެ.

ރަޔާން އެލޫމީ (ޓިއުނީޝިއާ)
އުމުރު: 18 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 2 (0)
ކްލަބް: ވެންކޫވަރު ވައިޓްކެޕްސް
ކެނެޑާގައި ބޮޑުވި ނަމަވެސް، އެލޫމީ ނިންމީ އޭނާގެ މައިންބަފައިންގެ ގައުމު ކަމަށްވާ ޓިއުނީޝިއާއަށް ކުޅުމަށެވެ. މިއީ އެގައުމުގެ ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެމް.އެލް.އެސް ގައި ކުޅެމުންދާ މި ކުޅުންތެރިޔާއަކީ ތަފާތު ގޮތްގޮތަށް އެޓޭކް އުފެއްދުމުގެ ގާބިލްކަން ހުރި ފޯވާޑެކެވެ. އުމުރުން އެންމެ 18 އަހަރުގައި ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ އޭނާ ދެކޭގޮތުގައި ވަރަށް ބޮޑު ނަސީބެކެވެ.
A dream come true for Rayan Elloumi 🇹🇳🏆🌟
— Vancouver Whitecaps FC (@WhitecapsFC) May 16, 2026
Here is how the young striker reacted on receiving that call to represent Tunisia in the world cup#VWFC | @SaritaReports pic.twitter.com/Ih1Raxy0b9
މުޞްޢަބު އަލް ޖުވައިރު (ސައުދީ އަރަބިއްޔާ)
އުމުރު: 22 އަހަރު
ގައުމީ ޓީމަށް ކުޅުނު މެޗު (ލަނޑު): 34 (6)
ކްލަބް: އަލް ގާދިސިއްޔާ
މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ މުޞްޢަބެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 34 މެޗު ކުޅެދީފައެވެ. ސައުދީ ލީގުގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައެވެ. އޭނާއަކީ މެދުތެރެއިން ފޯވާޑުންނަށް ރީތި ފުރުޞަތުތައް ތަނަވަސްކޮށްދޭ، ކުޅުންތެރި ނަންބަރު 10 އެކެވެ. ސައުދީ ޓީމުގެ މެދުތެރޭގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު