ފީފާ ވޯލްޑް ކަޕްގެ ގަދަ 48 ޓީމު ވާދަކުރާ މުބާރާތުން ކޮންކާކަފް ސަރަހައްދުން ސީދާ ފުރުސަތެއް ހޯދައިގެން، ޕެނަމާއިން މިވަނީ އެ ގައުމުގެ ދެވަނަ ވޯލްޑް ކަޕަށް ތައްޔާރުވެފައެވެ.
މީގެ ކުރިން ހަމައެކަނި 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕުން ފެނިގެންދިޔަ "ލޮސް ކެނަލެރޯސް" (ޕެނަމާ) އަލުން އެނބުރި އައީ ފަހަކަށް އައިސް މެދުތެރޭ އެމެރިކާގެ އެންމެ ވަރުގަދަ ޓީމުގެ މަގާމު ކަށަވަރު ކުރުމަށް ފަހުއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ސަރަހައްދުން ވާދަކުރާ ހަމައެކަނި ޓީމުގެ ގޮތުގައި ޕެނަމާ އޮތްއިރު، އެ ޓީމުގެ އަމާޒަކީ ކުރިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ.
ކޮލިފައިންގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެންމެ މުހިންމު ވަގުތު އެ ޓީމުން ވަނީ ހުނަރުވެރިކަން ދައްކާފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުޅުނު ކޮލިފައިންގެ ތިންވަނަ ބުރުގެ މެޗުތަކުގައި ގުއަޓެމާލާ އާއި އެލްސަލްވަޑޯރު ބަލިކޮށް، މުބާރާތުގެ ޖާގަ އެ ޓީމުން ކަށަވަރުކުރިއެވެ.
ޕެނަމާގެ ފުޓްބޯޅަ ފެޑެރޭޝަނުން ކޯޗު ކްރިސްޓިއަންސަންއަށް ކުރި އިތުބާރާއި ދިން ވަގުތުގެ ފޮނި މޭވާ މިއަދު މިވަނީ ލިބިފައެވެ. ލީޑްސް ޔުނައިޓެޑާއި ބެލްޖިއަމްގެ ޔޫނިއަންއަށް ކުރިން އިރުޝާދުދިން ކްރިސްޓިއަންސަން 2020 ވަނަ އަހަރު ޕެނަމާއާ ހަވާލުވުމަށްފަހު، ކުރީކޮޅު ބައެއް ހުރަސްތަކާ ކުރިމަތިވިއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރުގެ ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމާއި، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެމެރިކާ އަތުން 5-1 އިން ބަލިވެ މުބާރާތަށް ކޮލިފައިނުވުން ހިމެނެއެވެ.
ނަމަވެސް، ފެޑެރޭޝަނުން އޭނާއަށް ދިން ފުރުސަތުގެ ނަތީޖާ ރަނގަޅުވާން ފެށިއެވެ. އެގޮތުން 2023 އަދި 2024 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރުމާއި، 2023 ގެ ގޯލްޑް ކަޕް އަދި 2025 ގެ ނޭޝަންސް ލީގުގެ ފައިނަލާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ.
މި މުއްދަތުގެ ތެރޭގައި ކާލޯސް ހާވީ އާއި އަދަލްބާޓޯ ކަރަސްކުއިލާ ފަދަ ޒުވާން ކުޅުންތެރިންގެ ހުނަރު ބޮޑުތަނުން ކުރިއަރައިގެން ދިޔައިރު، ސެސިލިއޯ ވޯޓާމަން، އަނީބާލް ގޮޑޯއީ އަދި އަލްބާޓޯ ކުއިންޓޭރޯ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނަކީ އަދިވެސް ޓީމުގެ މައިބަދައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް:
17 ޖޫން: ގާނާ - ޕެނަމާ (ޓޮރޮންޓޯ ސްޓޭޑިއަމް)
23 ޖޫން: ޕެނަމާ - ކްރޮއޭޝިއާ (ޓޮރޮންޓޯ ސްޓޭޑިއަމް)
27 ޖޫން: ޕެނަމާ - އިންގްލެންޑް (ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް)
ޕެނަމާގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ އަދަލްބާޓޯ ކަރަސްކުއިލާއެވެ. އޭނާގެ ފުރަތަމަ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، އޭނާއަކީ ޓީމުގެ ފަހަތާއި ކުރި ގުޅުވައިދޭ މައި މޭސްތިރިއެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެނުނު ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން ދިފާއީ ތިން ކުޅުންތެރިން ކަމަށްވާ އާމިރު މުރިލޯ، އެރިކް ޑޭވިސް އަދި ފިޑެލް އެސްކޮބާގެ އިތުރުން ގޯލްކީޕަރު ލުއިސް މެޖިއާ މިފަހަރުވެސް ޓީމުގައި ހިމެނެއެވެ.
ކޮންކާކަފް ކޮލިފައިންގެ ތިންވަނަ ބުރުގެ ގްރޫޕް 'އޭ' ގެ އެއްވަނަ ހޯދައިގެން ޕެނަމާ ޖާގަ ކަށަވަރުކުރިއިރު، މިއީ އެ ޓީމުން ވޯލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. ދެވަނަ ބުރުގައި ނިކަރާގުއާ، ގުޔާނާ، މޮންޓްސެރަޓް އަދި ބެލީޒް ބަލިކޮށް ފަސޭހަކަމާއެކު ކުރިއަށް ދިޔަ ނަމަވެސް، ތިންވަނަ ބުރުގައި އެ ޓީމަށް ވަރުގަދަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް، އެންމެ ފަހު ވަގުތު ދެއްކި ހިތްވަރާއެކު ސުރިނާމް ފަހަތަށް ޖައްސާލައި ގްރޫޕްގެ އެއްވަނަ އެ ޓީމުން ހޯދިއެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ޕެނަމާ ވާދަކުރި ގްރޫޕްގައި ހިމެނުނީ ބެލްޖިއަމް، އިންގްލެންޑް އަދި ޓިއުނީޝިއާއެވެ. އެ ފަހަރު ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ބަލިވި ނަމަވެސް، އިންގްލެންޑާ ދެކޮޅަށް ފެލީޕޭ ބަލޯއީ ޖެހި ލަނޑަކީ އެ ގައުމުގެ ވޯލްޑް ކަޕް ތާރީހުގައި ޖެހި ފުރަތަމަ ލަނޑެވެ. އެ ލަނޑާއެކު ބަލޯއީ ވެފައިވަނީ ވޯލްޑް ކަޕްގައި ޕެނަމާގެ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ.
ޕެނަމާގެ ރައްޔިތުންނާއި ކުޅުންތެރިންގެ ހިތްތަކުގައި ބަލޯއީގެ ލަނޑު އަބަދަށް ބިނާވެފައި އޮތް ނަމަވެސް، އެންމެ ހާއްސަ ހަނދާނަކީ 2018 ވަނަ އަހަރު ފުރަތަމަ މެޗުގައި ބެލްޖިއަމާ ދެކޮޅަށް ނިކުމެ ގައުމީ ސަލާމް ކީ ވަގުތެވެ. އެއީ މުޅި ގައުމަށް އައި ފަހުރުވެރި އަދި އަސަރުގަދަ ވަގުތުކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު