ފީފާ ވޯލްޑް ކަޕްގައި "ބްލެކް ސްޓާސް" ނުވަތަ ގާނާގެ ގައުމީ ޓީމު އަނެއްކާވެސް ވިދާލުމަށް ވަނީ ތައްޔާރުވެފައެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު މި މުބާރާތަށް ގާނާ ކޮލިފައިވެފައިވާއިރު، އެ ޓީމުގެ އަމާޒަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށް ދެއްކި ފަދަ މޮޅު ކުޅުމެއް އަލުން ތަކުރާރު ކުރުމެވެ.
މިއީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މައިދާނުގައި ގާނާ ފެނިގެންދާ ފަސްވަނަ ފަހަރެވެ. 2014 ވަނަ އަހަރު ބްރެޒިލްގައި އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، މިފަހަރު ގާނާ ނުކުންނަނީ ކުރީގެ ކާމިޔާބީތައް އާކޮށް، ނޮކްއައުޓް ބުރަށް ދިއުމުގެ ވަރުގަދަ އަޒުމުގައެވެ.
ކުރިން ގާނާގެ ކޯޗުކަމުގައި ހުރި އޮޓޯ އާޑޯ 31 މާރިޗު 2026 ގައި މަގާމުން ވަކިވުމާ ގުޅިގެން، އޭޕްރިލް 13 ގައި އެ މަގާމާ ހަވާލުވީ ތަޖުރިބާކާރު ކޯޗު ކާލޯސް ކުއިރޯޒްއެވެ. އުމުރުން 73 އަހަރުގެ ޕޯޗުގަލްގެ މި ކޯޗަކީ ވޯލްޑް ކަޕްގެ ތަޖުރިބާ ބޮޑު ފަރާތެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ޕޯޗުގަލްއަށް، އަދި 2014، 2018 އަދި 2022 ވަނަ އަހަރު އީރާނަށް ކޯޗުކަން ކޮށްދީފައެވެ. މީގެ އިތުރުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދެކުނު އެފްރިކާ ކޮލިފައި ކޮށްދިނުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާ ކުޅޭ މެޗުތައް:
17 ޖޫން: ގާނާ - ޕެނަމާ (ޓޮރޮންޓޯ ސްޓޭޑިއަމް)
23 ޖޫން: އިންގްލެންޑް - ގާނާ (ބޮސްޓަން ސްޓޭޑިއަމް)
27 ޖޫން: ކްރޮއޭޝިއާ - ގާނާ (ފިލަޑެލްފިއާ ސްޓޭޑިއަމް)
ކުއިރޯޒްގެ ސްކޮޑުގައި ކެޕްޓަން އުރުދުން އަޔޫ، އަބްދުލް ފަޓާވޫ، އެންޓޮއިން ސެމެންޔޯ، ކަމަލްދީން ސުލޭމާނާ އަދި އިނާކީ ވިލިއަމްސް ހިމެނެއެވެ. ނަމަވެސް، ޓޮޓެންހަމްގެ ތަރި މުހައްމަދު ކުދޫސްއަށް އަނިޔާގެ ސަބަބުން މިފަހަރު ނުކުޅެވޭނެއެވެ. އޭނާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
އެފްރިކާ ބައްރުގެ ކޮލިފައިންގައި ގާނާ ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ، ގްރޫޕް 'އައި' ގެ އެއްވަނަ ހޯދިއެވެ. މަޑަގަސްކަރައިގެ ފަރާތުން ބޮޑު ވާދަވެރިކަމެއް ކުރިމަތިވި ނަމަވެސް، ކޮލިފައިންގެ ފަހު ދުވަހު ކޮމޮރޯސް އަތުން މޮޅުވި ލަނޑު ކުދޫސް ޖަހައިދީ، ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްދިނެވެ. މި ކާމިޔާބީގައި ކެޕްޓަން އުރުދުން އަޔޫގެ ދައުރު ބޮޑެވެ. އޭނާ ވަނީ ކޮލިފައިންގައި 7 ލަނޑު ޖަހާފައެވެ.
ގާނާ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕަށެވެ. އޭރު އެ ޓީމަކީ މުބާރާތުގައި ބައިވެރިވި އެންމެ ޒުވާން ޓީމެވެ. ފުރަތަމަ މެޗުގައި އިޓަލީ އަތުން ބަލިވި ނަމަވެސް، ޗެކް ރިޕަބްލިކް އަދި އެމެރިކާ ބަލިކޮށް 16 ޓީމުގެ ބުރަށް ދަތުރުކުރިއެވެ. އެ ބުރުގައި ވަރުގަދަ ބްރެޒިލް އަތުން ބަލިވި ނަމަވެސް، ގާނާގެ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް މުބާރާތުގައި ގާނާ ހިމެނުނީ ގްރޫޕް 'ޑީ' ގައެވެ. ސާބިއާ އަތުން 1-0 އިން މޮޅުވެ، އޮސްޓްރޭލިއާއާ 1-1 އިން އެއްވަރުކޮށް 16 ޓީމުގެ ބުރަށް ދަތުރުކުރިއެވެ. މި ދެ މެޗުގައި ވެސް ލަނޑު ޖަހައިދިނީ އަސަމޯއާ ގިއާން އެވެ.
ނޮކްއައުޓް ބުރުގައި ގާނާ ވެގެންދިޔައީ މުޅި އެފްރިކާ ބައްރުގެ އުންމީދަށެވެ. އަލްޖީރިއާ، ކެމަރޫން، އައިވަރީ ކޯސްޓް، ނައިޖީރިއާ އަދި މުބާރާތް ބޭއްވި ދެކުނު އެފްރިކާ ވެސް ގްރޫޕް ސްޓޭޖުން ކެޓިއިރު، ކުރިއަށް ދިޔައީ ހަމައެކަނި ގާނާއެވެ. 16 ޓީމުގެ ބުރުގައި އެމެރިކާ ބަލިކުރީ އިތުރު ވަގުތު ކުޅެގެން ކެވިން ޕްރިންސް ބޯޓެންގް އާއި ގިއާން ޖަހައިދިން ރީތި ލަނޑުތަކުންނެވެ.
ކުއާޓާ ފައިނަލުގައި އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗަކީ ފުޓްބޯޅަ ތާރީޚުގައި ލިޔެވިފައިވާ ހިތްދަތި މެޗެކެވެ. މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި ވަނިކޮށް، އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ގާނާއިން ޖެހި ބޯޅައެއް އުރުގުއާއީގެ ލުއިސް ސުއަރޭޒް ވަނީ ގޯލު ރޮނގުމަތިން އަތުން ހުއްޓުވާފައެވެ. އެއާ ގުޅިގެން ލިބުނު ޕެނަލްޓީ ގިއާންގެ އަތުން ނާކާމިޔާބުވިއިރު، އެންމެ ފަހުން ޕެނަލްޓީ ޝޫޓްއައުޓުން ގާނާ ބަލިވެ މުބާރާތުން ވަކިވާން ޖެހުނެވެ.
އަސަމޯއާ ގިއާން އަކީ ވޯލްޑް ކަޕްގައި ގާނާއަށް އެންމެ ގިނަ ލަނޑު (6 ލަނޑު) ޖަހައިދިން ކުޅުންތެރިޔާގެ އިތުރުން، މުޅި އެފްރިކާ ބައްރަށް ބަލާއިރު ވެސް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އަދި ގާނާއަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑު ވެސް އޮތީ އޭނާގެ އަތުގައެވެ.
މިފަހަރުގެ މުބާރާތަށް ގާނާ ނުކުންނަނީ އައު އުންމީދުތަކަކާއެކު، ތާރީޚީ ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު