ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ކުރިމަތީގައި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާފަށް އެދިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހާމަކުރައްވައިފިއެވެ.
ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ޕާލިމެންޓްރީ ގްރޫޕުގެ ވަކިވަކި މެންބަރުންނާ ބައްދަލު ކުރަށްވައި، ކުރިއަށްދާނެ ގޮތުގެ އިރުޝާދު ދެއްވާފައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކަށްފަހު، ހުރިހާ މެންބަރުންގެ ކުރިމަތީގައި އަސްމާގެ ކިބައިން ރައީސް މާފަށް އެދިވަޑައިގަތީ ޕާޓީގެ ތެރޭގައި ހިނގައިދިޔަ ބައެއް ހިތްނުތަނަވަސްކަމާ ގުޅިގެން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ނިކަން ވިސްނާ ބައްލަވާ، އެ ދުވަހު ޕާލިމެންޓްރީ ގްރޫޕުގެ އެންމެންގެ ކުރިމަތީގައި އެ މަނިކުފާނު އަސްމާއްތާގެ ކިބައިން މާފަށް އެދިވަޑައިގަތީއޭ." އެ މަނިކުފާނު ވިދާޅުވިއެވެ.
ސަލީމް ވަނީ އެއީ ރައީސްގެ ހިތްތިރިކަން ހާމަކޮށްދިން ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ވެރިޔަކު އުރެދުމަކަށް ކިޔަމަންވާން އަމުރުުނުކުރާހާ ހިނދަކު ވެރިއަކަށް ކިޔަމަންވާން ޖެހޭނެކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.
ސަލީމް މިހެން ވިދާޅުވެފައިވާއިރު، ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، އަސްމާ ސަރުކާރަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވުމާ އެކު އަސްމާގެ އާއިލާގެ ދެ މެންބަރަކު ސަރުކާރުގެ މަގާމްތަކުން ވަކިކުރުމަށްފަހު ފަހުން ވަނީ މަޤާމް އިއާދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު