އޮންލައިން ނޫސް ދައުރު ގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ސިވިލް ކޯޓަށް ހުށަހެޅުއްވި އަބުރުގެ ދައުވާގެ ޝަރީއަތް ނިމެންދެން، އެ ރިޕޯޓު އާންމުންނަށް ނުފެންނާނެހެން ޑްރާފްޓަށް ބަދަލު ކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން 'ދައުރު' ގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަޒާން ދައުވާ އުފުލާފައިވަނީ ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި، ނޫސް ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް' އާ ދެކޮޅަށެވެ.
އަޒާންގެ ފަރާތުން ކޯޓުގައި އެދިފައިވަނީ އެ ރިޕޯޓަކީ އޭނާގެ އަބުރަށް އަރައިގަނެފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ލިޔުން ނޫހުން ފޮހެލުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މީގެ އިތުރުން، މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާއާއި، ގާނޫނީ ވަކީލުންގެ ފީއަށް ހޭދަވި 28,670 ރުފިޔާގެ އިތުރުން މައްސަލަ ރެޖިސްޓްރީ ކުރަން ދެއްކި ފީ ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި އަންގާފައިވަނީ އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް "ޑްރާފްޓް" އަށް ބަދަލުކޮށް އާންމުންނަށް ނުފެންނަ ގޮތް ހެދުމަށެވެ. ކޯޓުން ބުނެފައިވަނީ މިގޮތަށް ނިންމީ ޑްރާފްޓަށް ބަދަލުކުރުމަކީ ލިޔުން އެއްކޮށް ފޮހެލުން ކަމަށް ނުވާތީއާއި، މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ހިމާޔަތް ކުރަންޖެހޭ އަޒާންގެ މައުޟޫއީ ހައްގެއް އޮތްކަން ފާހަގަކުރެވޭތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދައުވާ ލިބޭ ފަރާތަށް ލިބޭނެ އިއާދަނުކުރެވޭ ފަދަ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށްވެސް އަމުރުގައިވެއެވެ.
މި މައްސަލާގައި ދައުވާ ލިބޭ މޫސާ ލަތީފަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު