ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ނުވަތަ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް ބޭނުންވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި (ފޭސް 2) އާއި ތިންވަނަ ފިޔަވަހި (ފޭސް 3) ގުޅޭ ސަރަހައްދުގައެވެ. މި ބިން ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި މަޝްރޫއަކީ، އެއްފަހަރާ 10,000 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް މިސްކިތަކާއެކު ފަރުމާކުރެވޭ ބިޔަ އިސްލާމީ މަރުކަޒެކެވެ. މި މިސްކިތުގެ އިތުރުން މި ކޮމްޕްލެކްސްގެ ތެރޭގައި ޤުރުއާން މިއުޒިޔަމަކާއި، އިސްލާމީ ކަންތައްތަކާ ގުޅުންހުރި މުހިންމު ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހޯދުމަށްޓަކައި، އިސްލާމިކް މިނިސްޓްރީން ވަނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްޙީ ކުންފުންޏާއެކު މީގެ ކުރިން ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.
ސަރުކާރުން ނިންމާފައިވަނީ މި ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށެވެ. މި ތާރީޚަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކަނޑައަޅާފައިވާ ތާރީޚެކެވެ. މި މިސްކިތަކީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި، ގައުމީ ވަހުދަތު ރަމްޒުކޮށްދޭނެ ފަދަ މުހިންމު ބިނާއަކަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު