ބިދޭސީންގެ ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުން ހުއްޓުވާފައި ވަނިކޮށް، މި ސަރުކާރުން އެކަން އަލުން ފަށާފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޯޓާގެ ވަގު ވިޔަފާރިއަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މި ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށެވެ. އަދި މިއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަން އެކުލެވޭ އަމަލެއް ކަމަށާއި، މި ޖަރީމާ ހިންގުމުގައި އިސްކޮށް ތިއްބެވީ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވީ މި ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަންގެ ވާހަކަތައް އޭނާ ހާމަކުރެއްވުމާ ގުޅިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް. މިއަދު ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ބިދޭސީންގެ މައްސަލަ ހައްލުކޮށް، ގަވާއިދާ ހިލާފަށް ކުރާ ކޯޓާގެ ވިޔަފާރިތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އެ ނިޒާމު މުގުރާލައި، އަމިއްލަ މަންފާއަށްޓަކައި ގައުމީ ސަލާމަތާ ގުޅުންހުރި ބޯޑަރު ކޮންޓްރޯލް ސިސްޓަމް ފަދަ މުހިންމު ވަސީލަތްތައް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު