ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ސަރުކާރުގެ މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި، ބިދޭސީންގެ ކޯޓާ އާއި ވޯކް ޕާމިޓް ދޫކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތަކެއް ހިނގާފައިވާ ކަމަށް ބުނެ ޝަމްޢާން ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.
ޝަމްޢާންގެ ތުހުމަތުތަކުގައި ބުނެފައިވަނީ މި ކަންކަމުގައި މިނިސްޓަރު އިޙްސާންގެ އިތުރުން އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލާގައި އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވި ކަމަށް ވެސް ޝަމްޢާން ވަނީ ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިޙްސާން ވިދާޅުވީ، ޝަމްޢާން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އޭނާ ހަދަނީ ދޮގުކަން މީގެ ކުރިންވެސް ހާމަކޮށްފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި މިހާރު އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު