ލޯބީގެ ގުޅުމެއްގައި ނުވަތަ ކައިވެނީގެ ގުޅުމެއްގައި އެކަކު އަނެކަކާ މުޢާމަލާތް ކުރުން ހުއްޓާލައި، ވާހަކަނުދައްކާ ހުރުމަކީ "ސައިލެންޓް ޓްރީޓްމަންޓް" އެވެ. މިއީ ގުޅުމެއްގައި ދިމާވާ އެންމެ އުނދަގޫ އެއް ކަންތަކެވެ. މިގޮތަށް ބައިވެރިޔާ އިހުސާސްތައް ފާޅުނުކޮށް ހަނުހުރުމަކީ އަނެކާއަށް ނަފްސާނީ ގޮތުން ބޮޑެތި ތަދުތަކެއް އިހުސާސްކޮށްދޭ ކަމެކެވެ. މީގެ ސަބަބުން އަނެކާގެ ހިތުގައި ބިރުވެރިކަމާއި، އެކަނިވެރިކަމާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން ފަދަ ނޭދެވޭ އަސަރުތައް ކުރެއެވެ.
ބައިވެރިޔާ ވާހަކަނުދައްކާ ހުންނަ ވަގުތު، ތިމާވެސް ރުޅި އައިސްގެން ހަޅޭއްލެވުމުގެ ބަދަލުގައި ކެތްތެރިވެ ހަމަޖެހިލައިގެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، ހަމަޖެހިލައިގެން ހުރުމުން މައްސަލަ އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓޭނެއެވެ. މީގެ އިތުރުން ބައިވެރިޔާ ވާހަކަނުދައްކަނީ ކީއްވެގެންތޯ ވިސްނާލައި، މައްސަލައިގެ އަސްލު ދެނެގަންނަން މަސައްކަތް ކުރަންޖެހެއެވެ. ބައެއް މީހުންނަކީ ދިމާވާ ކަންކަމުގައި ވާހަކަދައްކަން ނޭނގޭތީ ނުވަތަ ދިފާޢީ އުކުޅެއްގެ ގޮތުން ހަނުހުންނަ މީހުންނެވެ. މި ސަބަބު ދެނެގަތުމަކީ ހައްލު ހޯދަން ފަސޭހަވާނެ ކަމެކެވެ.
މިފަދަ ހާލަތްތަކުގައި ބައިވެރިޔާ އިސްވެ ވާހަކަދައްކަންދެން މަޑުނުކޮށް، އޯގާތެރިކަމާއެކު އިސްވެ ވާހަކަދައްކަން މަސައްކަތްކުރުމަކީ ބުއްދިވެރި ގޮތެކެވެ. "މިހާރު ކަންތައް ވަމުންދާ ގޮތުން އަހަރެން ދެރަވޭ، އަހަރެން ބޭނުންވަނީ އަހަރެމެން މިކަމާ ވާހަކަދައްކަން" ފަދަ އޯގާތެރި ޖުމްލައަކުން ވާހަކަ ފެށިދާނެއެވެ. މީގައި މުހިންމީ ބައިވެރިޔާއަށް ބާރުފޯރުވުމުގެ ބަދަލުގައި، ގުޅުން ރަނގަޅުކުރަން ބޭނުންވާކަން ހާމަކުރުމެވެ. މީގެ ސަބަބުން ބައިވެރިޔާއަށް ވާހަކަދައްކަން ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެއެވެ.
ހަމައެއާއެކު، ވާހަކަނުދައްކާ ހުރުމަކީ އާދައަކަށް ވިޔަނުދިނުމަށްޓަކައި ގުޅުމުގެ ތެރޭގައި ވަކި އިންތަކެއް ނުވަތަ ބޯޑަރުތަކެއް ކަނޑައަޅަން ޖެހެއެވެ. މައްސަލައެއް ޖެހުމުން ވާހަކަނުދައްކާ ހުރުމުގެ ބަދަލުގައި، ވަގުތު ބޭނުންވާނަމަ އެކަން ބުނެދިނުމަށް އެދޭށެވެ. މިސާލަކަށް "އަހަރެން މިވަގުތު ވާހަކަދައްކަން ބޭނުންނުވަނީ، ފަހުން ވާހަކަދައްކާނަން" މިހެން ބުނުމަކީ ވާހަކަނުދައްކާ ހުރުމަށްވުރެ މާ ރަނގަޅު އަދި ސިއްހަތު ރަނގަޅު ގޮތެކެވެ. މީގެ ސަބަބުން އަނެކާއަށް އިންތިޒާރު ކުރަންވީ ކިހާ ވަގުތަކުކަން އެނގޭނެއެވެ.
އެންމެ ފަހު ކަމަކަށް، ބައިވެރިޔާ ވާހަކަނުދައްކާ ހުންނަ ވަގުތު އަމިއްލަ ނަފްސަށް އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމާ މާބޮޑަށް ފިކުރުކޮށް އަމިއްލަ ނަފްސަށް އަނިޔާ ނުކޮށް، އަމިއްލަ އުފަލަށާއި ސިއްހަތަށް ސަމާލުކަން ދޭށެވެ. މައްސަލަ ހައްލުނުވާނަމަ ނުވަތަ މިއީ ތަކުރާރުކޮށް ކުރާ ކަމެއްނަމަ، ކައުންސެލިންގްގެ އެހީތެރިކަން ހޯދުމަކީ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. ގުޅުމެއް ދެމިއޮންނާނީ ދެމީހުންގެ މެދުގައި އޮންނަ ހާމަކަން ބޮޑު މުޢާމަލާތްތަކުގެ ސަބަބުންނެވެ. އެހެންކަމުން ވާހަކަނުދައްކާ ހުރުމުގެ ބަދަލުގައި ވާހަކަދައްކައިގެން ހައްލު ހޯދަން މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު