ޔުކްރެއިންގެ ފިޓްނަސް ޕްރޮމޯޓް ކުރާ ޑިމިޓްރީ، މީނާ އަކީ ކޮވިޑް އަކީ މާބޮޑު ކަމަކަށް ނުހަދާން ޕްރޯމޯޓް ކުރަމުން އައި މީހެއް. (ފޮޓޯ: މީސްމީޑިޔާ)
ޔުކްރެއިންގެ ފިޓްނަސް ޕްރޮމޯޓް ކުރާ ޑިމިޓްރީ، މީނާ އަކީ ކޮވިޑް އަކީ މާބޮޑު ކަމަކަށް ނުހަދާން ޕްރޯމޯޓް ކުރަމުން އައި މީހެއް. (ފޮޓޯ: މީސްމީޑިޔާ)
ޔުކްރެއިންގެ ފިޓްނަސް ޕްރޮމޯޓް ކުރާމީހަކު ތުރުކީއަށް ކުރި ދަތުރެއްގައި ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

ޑިމިޓްރީ ނަމަކަށް ކިޔާ މިމީހާ އަކީ ކޮވިޑް އަކީ މާބޮޑު ކަމަކަށް ނުހަދާން ޕްރޯމޯޓް ކުރަމުން އައި ފަރާތެކެވެ. އޭނާ ބުނާ ގޮތުންނަމަ ކޮވިޑަކީ ހުސް ފުލޯކު ވާހަކައެވެ. ނަމަވެސް ޑިމިޓްރީ ތުރުކީއަށް ކުރި ދަތުރު ނިންމާލުމަށްފަހު އަނބުރާ ޔުކްރެއިން އަށް އައި އިރު، ކަރުތެރެ ދުޅަވެ ނޭވާލާން އުނދަގޫވުމުން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުމުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު، ޑިމިޓްރީއަށް ޔުކްރެއިންގެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވެއެވެ. ނަމަވެސް ޔުކްރެއިންގެ ހޮސްޕިޓަލުގައި ބާރުބޮޑުވެ 8 ދުވަހަށް ފަހު ޑިމިޓްރީ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލިތާ މާގިނަ އިރުތަކެއް ނުވެ ޑިމިޓްރީގެ ހާލު ދެރަވެ އަލުން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޑިމިޓްރީ ދެވަނަ ފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން، އޭނާގެ ފޭނުންނަށް އެންމެ ފަހުގެ މެސެޖެއްގެގޮތުން އޭނާ ބުނެފައިވަނީ، "އަހަރެން މީގެ ކުރިން ގަބޫލެއް ނުކުރަން ކޮވިޑް އަކީ ބޮޑު ބައްޔެއް ކަމަކަށް، އަހަންނަށް މިބަލި ޖެހުނީމަ އެނގިއްޖެ މިއީ ކިހާ ވަރެއްގެ ކަމެއްކަން، އެހެންވީމަ ބުނެލަން ބޭނުމީ ސަމާލުވާށޭ އެމީހެއްގެ ރައްކާތެރިކަން ހޯދާށޭ."

މިމެސެޖާއެކު، ހޮސްޕިޓަލްގައި އޮކްސިޖަންގެ އެހީތެރިކަން ހޯދަމުން ދާކަމުގެ ފޮޓޯއެއްވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޑިމިޓްރީ ތުރުކީއަށް ކުރި ދަތުރުގެ ދެވަނަ ދުވަހު ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށިނަމަވެސް ކޮވިޑް ޖެހިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ޑިމިޓްރީ އޭނާގެ މެސެޖްގައި ހާމަކޮށްފައިވެއެވެ.

އޭނާ މަރުވެފައި ވަނީ ކޮވިޑް ޖެހިގެން ހިތުގެ މަސައްކަތަށް ދިމާވި ކުއްލި މައްސަލަތަކަކާއި ގުޅިގެންކަމަށް ޑިމިޓްރީގެ ކުރީގެ އަނބިމީހާ ސޯފިޔާ ބުނެފައިވެއެވެ.

ކޮވިޑް އަކީ ފުލޯކު ވާހަކަތަކެއް ކަމަށް ދެކޭ މީހުން ދުނިޔޭގައި މަދެއްނޫނެވެ. މީގެ ތެރޭގައި އެކި ގައުމުތަކުގެ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު މީހުންވެސް ހިމެނެއެެވެ. އަދި ބައެއް ގައުމުތަކުގެ އިސްވެރިންވެސް ކޮވިޑް އަކީ ފުލޯކު ވާހަކަތަކެއް ކަމުގައި ދެކޭ މީހުންގެ ލިސްޓުގައި ހިމެއެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ކޮވިޑަކީ މާބޮޑު ބައްޔަކަށް ނުހެދުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން