ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ސަރުކާރުގެ އިސްވެރިންނަށް އަމާޒުކުރެއްވި ތުހުމަތުތައް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ދޮގުކުރަށްވައިފިއެވެ.
މަނީލޯންޑަރިންނާއި ފޭރުމުގެ މައްސަލައެއް ހިމެނޭހެން ތިން ދައުވާއެއް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޝައްމާން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ ރާއްޖޭގެ މައި ދޮރާށި ނުވަތަ ބޯޑާ ކޮންޓްރޯލް، ހޯމް މިނިސްޓަރު ބޭނުންފުޅުވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށެވެ.
އަދި މިކަމާ ދެކޮޅު ހައްދަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެކަމުގެ ފަހަތުގައި ހިނގާ ކަންތައްތައް ޙިއްސާ ކުރެއްވި ކަމަށާއި، މިކަމުގައި ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީ ރައީސްގެ ބައިވެރިވުން އޮތް ކަމަށް ބެލެވިދާނެ ކަމެއްކަމަށްވެސް ޝައްމާން ތުހުމަތު ކުރެއްވިއެވެ.
ހަމައެއާއެކު ޝައްމާން ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ވިއްކާލުމުގައި އިސްކޮށް އުޅުއްވަނީ ބަންޑާރަނައިބު އުޝާމާއި ހޯމް މިނިސްޓަރު ކަމަށެވެ. އަދި ކޮންމެ ކޯޓާއަކަށް 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޔޫއެސް ޑޮލަރު ނަގަމުންދާ ކަމުގެ މައުލޫމާތު ރައީސަށް އެރުވުމުން، "މިނިސްޓަރާ ދެކޮޅަށް ޒާތީ ގޮތުން ކަންކަން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ" ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް ޝައްމާން ބުނެފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، ޝައްމާން ދައްކަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. ސަރުކާރުން ނުވަތަ ބަންޑާރަނައިބުގެ އޮފީހުން ޝައްމާން ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
"ޝައްމާންގެ މައްޗަށް ދައުވާކުރީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުނު މައްސަލައެއްގައި. މިއީ އެއްވެސް ހާލެއްގައި ސިޔާސީ މައްސަލައެއް ނޫން." އުޝާމް ވިދާޅުވިއެވެ.
ޝައްމާންގެ ފޯނުގައި މިކަމުގެ ހެކި ހުންނާނެ ކަމަށް އޭނާ ބުނި ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝައްމާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާއާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި ކުށްތައް ސާބިތުވުމާ ގުޅިގެން ޝައްމާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު