ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ޝައްމާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއްގެ ހުކުމް އިއްވުމަށް މިއަދު އޮތް މަޖިލީހަށް ވަނުމުގެ ކުރީން ޝައްމާން ވަނީ ނޫސްވެރީންނާއި ބައްދަލުކޮށް ބިދޭސީންގެ ކޯޓާއިން މިހާރުގެ ވަޒީރަކު ވައްކަން ކުރަމުންދާ ކަމަށާއި އެކަން ރައީސްގެ ސަމާލު ކަމަށް ގެންނެވި ކަމަށް ވިދާޅުވެފައެވެ.
އަދި މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ މިވަގުތު ގައުމުގައި އޮންނަން ހެޔޮވާވަރުގެ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެ، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އަދި އެކަން ހުއްޓުވަން މަސައްކަތް ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާއަށް ގުޅުއްވައި، އެކަން ބަދަލުނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވި ކަމަށް ޝަމްޢާން ތުހުމަތު ކުރެއްވިއެވެ.
ޝަމްޢާންގެ އެ ތުހުމަތުތައް ދޮގުކުރަށްވާ ތަރުޖަމާން މުންދު ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްޢާން ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގު ކޮށްފައިވާއިރު، ދަޢުލަތުން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގައި އޭނާ ކުށްވެރިވާކަމަށް ކޯޓުން މީގެ ވަގުތުކޮޅެއް ކުރިން ވަނީ ކަނޑައަޅާފައެވެ.
ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު ފަރާތްތަކެއްގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް.@mundhu_maldives @thefeed_mv
— Mohamed Hussain Shareef (@MvSpokesperson) June 9, 2026
ޝަމްޢާން ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގު ކޮށްފައިވާއިރު، ދަޢުލަތުން ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގައި އޭނާ ކުށްވެރިވާކަމަށް ކޯޓުން މީގެ ވަގުތުކޮޅެއް ކުރިން ވަނީ ކަނޑައަޅާފައެވެ.
ޝަމްޢާންގެ އިތުރުން އިމިގްރޭޝަންގެ ބައެއް އޮފިސަރުންނާއި އާންމު ފަރާތްތަކެއްގެ މައްޗަށްވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހަދާފައެވެ.
ކިޔުންތެރިންގެ ހިޔާލު