ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަން ކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް ނަސީރު އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެއެވެ. އޭނާ އައްޔަން ކުރަSqވާފައި ވަނީ ދިވެހިބަހާއި ސަގާފަތް އަދި ތަރިކައާ ގުޅޭ ކަންކަމުގައި ލަފާދެއްވާ މުޝީރެއްގެ ގޮތުގައެވެ.
ނަމަވެސް މިއަދު 15:30 ގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އާދަމް ނަސީރު މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އާާދަމް ނަސީރު އިސްތިއުފާ ދެއްވި ސަބަބު ތަރުޖަމާނު ހާމަކޮށްފައެއް ނުވެއެވެ.
އާދަމް ނަސީރު އެ މަގާމަށް އައްޔަނުކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމުގައި ރައީސް އޮފީހުން މިއަދު ބުނެފައިވެއެވެ.
ކެބިނެޓްގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މީގެކުރިން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ވިދާޅުވުމަށް ފަހުގައެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް ފަހުން ވަނީ ދަޢުލަތުގެ އިސް މަގާމުތައް ދެއްވާފައެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަން ކުރަށްވައިފައެވެ. އަދި ބައެއް ވަޒީރުންނަށް ވަނީ ސަފީރުކަމުގެ މަޤާމުވެސް ދެއްވާފައެވެ.

ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު އާދަމް ނަސީރު އިބްރާހީމް އެމަޤާމުން އިސްތިއުފާ ދެއްވައިފި.@mundhu_maldives @thefeed_mv
— Mohamed Hussain Shareef (@MvSpokesperson) June 9, 2026
އާދަމް ނަސީރު އެ މަގާމަށް އައްޔަނުކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމުގައި ރައީސް އޮފީހުން މިއަދު ބުނެފައިވެއެވެ.
ކެބިނެޓްގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މީގެކުރިން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ވިދާޅުވުމަށް ފަހުގައެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުންނަށް ފަހުން ވަނީ ދަޢުލަތުގެ އިސް މަގާމުތައް ދެއްވާފައެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް, މިނިސްޓަރު ފެންވަރުގައި އަނެއްކާވެސް ރައީސް އޮފީހުގެ މަގާމަކަށް ވަނީ އައްޔަން ކުރަށްވައިފައެވެ. އަދި ބައެއް ވަޒީރުންނަށް ވަނީ ސަފީރުކަމުގެ މަޤާމުވެސް ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު