އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ޝަކުވާތަކާ ގުޅިގެން، ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން އެ ޕާޓީން މިއަދު ބަދަލުކޮށްފިއެވެ.
މި މައްސަލަ ޕާޓީގެ އިދާރާއަށް ހުށަހެޅުއްވީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މީކާއީލް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީގައި ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ސްކޫލުތަކުގައި ވޯޓުފޮށި ބަހައްޓަން ކޮމިޓީން ކުރިން ނިންމާފައި އޮތް ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގެތަކުގައި ފޮށި ބަހައްޓަން ކޮމިޓީގެ މުގައްރިރު ފަހުން ނިންމެވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ފ. ފީއަލި، ލ. އިސްދޫ-ކަލައިދޫ، ލ. މަތިމަރަދޫ އަދި ގއ. ވިލިނގިލީގެ ހަރުގެތަކުގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ވޯޓުފޮށި ބަހައްޓަން ނިންމުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.
މި ޝަކުވާތަކާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ހަތަރު ރަށުގެ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު ގެނެސްފައެވެ. އެގޮތުން ފީއަލީގެ ވޯޓުފޮށި ފ. އަތޮޅު ސްކޫލަށް، އިސްދޫ-ކަލައިދޫގެ ފޮށިތައް އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލަށް، މަތިމަރަދޫގެ ފޮށި ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލަށް އަދި ވިލިނގިލީގެ ވޯޓުފޮށި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ވަނީ ބަދަލުކޮށްފައެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ މި އިންތިޚާބުގައި މީކާއީލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި މަގާމަށް ކުރިން ވާދަކުރެއްވި އިބްރާހީމް މުޙައްމަދު (ވާޑު) ވަނީ މީކާއީލަށް ތާއީދުކުރައްވައި ފަހުން ނަން އަނބުރާ ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު