ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އިތުރުކޮށް، ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް ނޭޝަނަލް ސާވިސް" ނުވަތަ ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ތަމްރީނުތަކުގައި ބައިވެރިވާ 352 ޒުވާނުން މިއަދު ޅ. މާފިލާފުށްޓަށް ފުރައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަތަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1,785 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. މީގެ ތެރެއިން މިހާރު ފުރާފައިވަނީ ހޮވާލެވުނު ފުރަތަމަ 352 ބައިވެރިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިފަހަރުގެ ބެޗުގައި ރާއްޖޭގެ 115 ރަށަކަށް ނިސްބަތްވާ ޒުވާނުން ހިމެނޭއިރު، އޭގެ ތެރޭގައި 64 އަންހެނުންނާއި 288 ފިރިހެނުން ހިމެނެއެވެ. ޖުމްލަ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ ޒުވާނުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށް ފަރުމާކޮށްފައިވާ ވަރަށް ފުރިހަމަ ޕްރޮގްރާމެކެވެ.
އެގޮތުން މި ތަމްރީނުގެ ތެރޭގައި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާގާއި ސުލޫކުގެ އިތުރުން ލީޑާޝިޕް ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ދިރިއުޅުމުގެ އަމަލީ މައިދާނުގައި ބޭނުންވާނެ މުހިންމު ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ވަތަނީ ޚިދުމަތުގެ މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ޒުވާނުން ބިނާކުރުމާ ގުޅޭގޮތުން މި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. އަދި ދެވަނަ ބެޗުން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ތަމްރީނު ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު