ލުބުނާންގެ ދެކުނަށާއި ވެރިރަށް ބެއިރޫތަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކާ ގުޅިގެން އީރާނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް މިރޭ ފޮނުވާލައިފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ މިއީ މެދުނުކެނޑި މުޅި ހަފްތާއަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ވަރުގަދަ ހަމަލާތަކުގެ ފެށުން ކަމަށެެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އީރާނުން ފޮނުވާލި މިސައިލްތައް ދެނެގަނެ، އެ ތަކެތި ހުއްޓުވުމަށް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތައް މިހާރު ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ސައިރަންގެ އަޑު އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހާތަނަށް މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އިސްރާއީލަށް އަމާޒުކޮށް މިރޭ ދިން މިސައިލް ހަމަލާތަކުގެ މަންޒަރުތައް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން މިހާރު ވަނީ އާންމުކޮށްފައެވެ. މީގެ އިތުރުން، ލުބުނާނަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ހުއްޓާނުލައި ކުރިއަށްގެންދާނަމަ، އެ ގައުމު "ފުނޑުފުނޑުކޮށްލާނެ" ފަދަ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެކަމުގެ ހަރުކަށި އިންޒާރު އީރާނުން ވަނީ ދީފައެވެ.
މިކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުނީ އީރާނުން މި ހިންގި އަމަލަކީ ހެދި "ވަރަށް ބޮޑު ގޯހެއް" ކަމަށެވެ.
އާދީއްތަ ދުވަހުގެ ކުރީކޮޅު އިސްރާއީލުން ބެއިރޫތުގެ ދެކުނުގައިވާ ހިޒްބުﷲގެ އަމާޒުތަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ އެކަމުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ބެއިރޫތުގެ ދާހިޔާ ސަރަހައްދުގައި ހުރި ކޮމާންޑް ސެންޓަރަކަށް ހަމަލާދިން ކަމަށް ބުނި ނަމަވެސް، ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުވީ އާންމުން ދިރިއުޅޭ ދެ އިމާރާތެއްގެ އެޕާޓްމަންޓްތަކަށެވެ. މި ލާއިންސާނީ އަމަލުގެ ސަބަބުން ދެ މީހަކު ޝަހީދުވެ، އިތުރު 11 މީހަކު ވަނީ ޒަހަމްވެފައެވެ.
މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3،613 އަށް މައްޗަށް އަރާފައެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ މި އުދުވާނުގައި މިހާތަނަށް 11،072 މީހުން ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު