މިހާރުގެ ސަރުކާރުން ގައުމުގެ ދަރަނިތައް ދައްކަމުންދާތީ، ކުރީގެ ތިން ރައީސުން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ދެއްކެވި ވާހަކަފުޅުތަކަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ދަރަންޏަކީ ޒަމާނުއްސުރެ ވާރުތަވަމުން އަންނަ އެއްޗެއް ކަމަށާއި، އެ ދަރަނިތައް ދެއްކުމަކީ ކޮންމެ ސަރުކާރަކުން ވެސް އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، އެއީ ސަރުކާރުން ކުރާ މޮޅު ކަމެއްގެ ގޮތުގައި ދައްކައިގެން "މެޑަލް ޖަހަން" އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަލާހުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، "ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅާ" އުސޫލުން ކަންކަން ކުރުމަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ. އަދި ފަލާހު އިގްތިސޯދީ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވުން ހުއްޓާލުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަރުކާރުގެ ކިބައިގައި އިގްތިސޯދީ ގޮތުން އެއްވެސް މޮޅުކަމެއް ނުވަތަ ގާބިލުކަމެއް ހުރިނަމަ، ތިން އަހަރު ދުވަހުގެ ތެރޭގައި އިގްތިސޯދަށް އަންނަ ހެޔޮ ބަދަލުތައް ފެންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ އެފަދަ އުއްމީދީ މަންޒަރެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުތަކަށް އެމަނިކުފާނު ވަނީ ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު