ޑިޖިޓަލް ނިޒާމުތަކުގެ އެހީގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ މުހިންމު ތަސައްވުރެއް ކަމަށް މިނިސްޓަރ އޮފް ހެލްތު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފްލާގައި ގީލާ ވިދާޅުވީ، ރާއްޖެއަކީ ކާބޯތަކެތީގެ ބޮޑު ބައެއް ރާއްޖެއިން ބޭރުން އެތެރެކުރާ ގައުމަކަށް ވުމާއެކު، އެތަކެތި ރަށްތަކަށް އުފުލުމާއި ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް ލިބޭ ކާބޯތަކެއްޗަކީ ސިއްހީގޮތުން ރައްކާތެރި، ފެންވަރު ރަނގަޅު ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށާއި، ލެބޯޓަރީތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، 23 މެއި 2024 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަކީ، ރާއްޖޭގެ ކާބޯތަކެތީގެ ނިޒާމު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާއާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާތައް ގުޅުވައިދޭނެ ވަރުގަދަ ނިޒާމެއް ކަމަށެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ އެކި މަރުހަލާތަކުގައި ރައްކާތެރިކަން އިތުރުކޮށް، އާންމުން ހޭލުންތެރިކުރުވުމަކީވެސް މަގްސަދެއްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
"މީގެ ސަބަބުން، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުވެ، އިގްތިސާދީ ގޮތުން ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން ކޮންމެ އާއިލާއެއްގެ ސުފުރާއަށް އަންނަ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައު ގުޅިގެން އައު އަޒުމަކާއެކު މަސައްކަތް ކުރުމަށް ވަޒީރު ވަނީ މި ޖަލްސާގައި ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު