އީރާނާއެކު ހިނގަމުންދާ ހަނގުރާމައަށް އެމެރިކާގެ ސަމާލުކަން އެނބުރިފައިވުމާއި، ޗައިނާގެ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައި، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ޓައިވާނުގެ ދިފާއީ ނިޒާމު އަލުން ބައްޓަންކުރަން ފަށައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ އަސްކަރީ ހަމަލާއަކުން ނުވަތަ ބަންދުކުރުމަކުން ދިފާއުވުމަށްޓަކައި ޓައިވާނުން ދަނީ އެޤައުމުގެ އެންޓި-ޝިޕް މިސައިލްގެ މިންވަރު ބޮޑުތަނުން އިތުރުކުރަމުންނެވެ. އެގޮތުން 2029 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް 1،800 އަށްވުރެ ގިނަ މިސައިލް ހޯދުމަށް އެޤައުމުން ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ ދަށުން އެމެރިކާގައި އުފައްދާ 'ހާޕޫން' މަރުކާގެ 400 މިސައިލާއި، ޓައިވާނުން އަމިއްލައަށް އުފައްދާ 'ހްސިއުންގ ފެންގް' މަރުކާގެ 1،000 މިސައިލް ހޯދުމަށް ވަނީ ރޭވިފައެވެ.
ޓައިވާނުގެ މި އާ ދިފާއީ ސްޓްރެޓެޖީގެ މައިގަނޑު ބޭނުމަކީ ޗައިނާގެ މުޅި ކަނޑުގެ ސިފައިންނާ ކުރިމަތިލުމުގެ ބަދަލުގައި، އެޤައުމަށް އަރައިގަންނަން އަންނަ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ދީ، އެކަން ހުއްޓުވުމެވެ. މިއީ ޔޫކްރެއިންއިން ރަޝިޔާއާ ދެކޮޅަށް ބޭނުންކުރި ކާމިޔާބު އުކުޅުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ރޭވުމެކެވެ.
ޓައިވާނުން މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވަނީ، އެމެރިކާގެ ޓްރަމްޕް ސަރުކާރުން ޓައިވާނަށް ދިނުމަށް ނިންމާފައިވާ 14 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ މަޑުޖައްސާލުމާ ގުޅިގެންނެވެ. އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި މި އެހީ މަޑުޖައްސާލީ އީރާނު ހަނގުރާމައަށް ބޭނުންވާ ހަތިޔާރު އެމެރިކާގެ ގުދަންތަކުގައި ހުރިކަން ކަށަވަރު ކުރުމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނު ހަނގުރާމައިގައި ބޭނުންކުރި މިސައިލްތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓައިވާނަށް ހަތިޔާރު ވިއްކުމާ މެދު ސީދާ ޖަވާބެއް ނުދެއްވައި، އެއީ ޗައިނާއާއެކު ކުރެވޭ މަޝްވަރާތަކުގައި ބޭނުންކުރެވިދާނެ "ކާޑެއް" ކަމަށް ސިފަކުރައްވާފައެވެ.
ޗައިނާއިން ބުނަމުންދަނީ ޓައިވާނުގެ މިނިވަންކަމާއި ކަނޑުއޮޅީގެ ސުލްހައަކީ "ފެނާއި އަލިފާން" ފަދައިން އެކުނުވާނެ ދެކަންތައް ކަމަށެވެ. އަދި ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޓައިވާން އެޤައުމުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ.
އެމެރިކާގެ އެހީއަށް އެކަނި ބުރަވެފައި އޮތުމުގެ ބަދަލުގައި، ޓައިވާނުން މިހާރު އިސްކަންދެނީ އަމިއްލަ ޤައުމުގައި ހަތިޔާރު އުފައްދައި، ދިގުދެމިގެންދާ ހަނގުރާމައަކަށް ތައްޔާރުވުމަށެވެ. ނަމަވެސް، އެޤައުމުގެ އެތެރޭގެ ސިޔާސީ ހިޔާލުތަފާތުވުންތަކާއި ބަޖެޓުގެ ދަތިކަމުގެ ސަބަބުން މި މަސައްކަތްތަކަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ޓައިވާނުގެ ދިގު މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވަނީ ބޭރުގެ އެހީއަށްވުރެ ބޮޑަށް، އަމިއްލަ ފައިމައްޗަށް ތެދުވެ، ދިފާއީ ޤާބިލްކަން ވަރުގަދަކުރުމުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު