އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާއެކު، އެ ދާއިރާއަކީ އިދިކޮޅު އެމްޑީޕީގެ "ކިއްލާއެއް" ކަމަށް ކުރަމުން އައި ދައުވާ ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މި އިންތިޚާބު ހަނި ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެ އަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް އަހުމަދު ސައީދަށް ލިބިވަޑައިގެންނެވީ 1,313 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 62 ވޯޓުގެ ތަފާތެކެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ފަލާހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަޝިޕާއި ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ އިތުރުން، އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރެއްވި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ވެސް ސޯބެއަށް ލިބުނު ނަތީޖާއަކީ "ލަދުވެތި" ނަތީޖާއެއް ކަމަށެވެ. އަދި އައްޑޫގެ ގިނަ ދުވަސްވީ މެންބަރު އަސްލަމާއި އެމްޑީޕީގެ މުޅި ގައުމީ މަޖިލިސް އެ ސިޓީގައި ކެމްޕޭން ކުރި ނަމަވެސް، ރައްޔިތުން ވަނީ އެމްޑީޕީގެ ލީޑަޝިޕް ފެއިލްވެފައިވާކަން ހާމަކޮށްދީފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، މި އިންތިޚާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯދުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އައްޑޫ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ. އޭނާ ވިދާޅުވީ، އައްޑޫ ރައްޔިތުން މިހާރު ތިބީ އެމްޑީޕީގެ އިހުމާލުތަކަށް ނޫނެކޭ ބުނަން ތައްޔާރަށް ކަމަށާއި، 2028 ވަނަ އަހަރު އަންނައިރު އައްޑޫ ވެގެންދާނީ ޕީއެންސީގެ ވަރުގަދަ ކިއްލާއަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު