ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިންގް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ފޮނި ނަތީޖާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ފާއިތުވި ހަފުތާގެ ތެރޭގައި ފިޗުން ރާއްޖޭގެ ރޭޓިންގް 'ސީސީ' އިން 'ސީސީސީ މައިނަސް' އަށް މަތިކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، އޭރުގެ ހާލަތަކީ ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ ފަދަ މާހައުލެއް އޮތް ދުވަސްވަރެއް ނޫން ކަމަށެވެ. އަދި މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ކުރީ ސަރުކާރުން އިންތިހާއަށް ބަލިކަށިކޮށްފައި އޮތް އިޤްތިޞާދީ ބިންގާ އަލުން ވަރުގަދަކޮށް ބިނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ކުރި ބުރަ މަސައްކަތުން ފިޗް ރޭޓިންގް މަތިވުމަކީ ވަރަށް މުހިންމު ކަމެއް. މީގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ތަރައްޤީގެ ބައިވެރިން ރާއްޖޭގެ އިޤްތިޞާދާ މެދު ދެކޭގޮތް ރަނގަޅުވެ، އިތުބާރު އުފެދިގެންދާނެ،" މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ބައެއް ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ރާއްޖޭގެ މާލީ ހާލަތާ މެދު ބިރުވެރިކަން އުފެދޭ ފަދަ "ޑޫމްސްޑޭ" ސިނާރިއޯތައް ދައްކަމުންދާ ދިއުމަށް މުންދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ ބައެއް ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވުމަށް އެދި ދުޢާކުރާ ފަދަ މޭރުމަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތަކެކެވެ.
މުންދު އިތުރަށް ހަނދާންކޮށްދެއްވީ، ރާއްޖޭގެ އިޤްތިޞާދު އިނދަޖެހި ބަނގުރޫޓުވެއްޖެ ނަމަ، އޭގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ ހަމައެކަނި މިހާރު އޮތް ސަރުކާރަކުން ނޫން ކަމަށެވެ. އެއީ މުޅި ދިވެހި ދައުލަތަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ އިސްލާޙީ ބަދަލުތައް ގެނެސް، ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށްވެސް މި ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު