މިއަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ މިހާތަނަށް ޖުމްލަ 5،226 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ވައްކަމުގެ 1،492 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
ވައްކަމުގެ މައްސަލަތަކަށްފަހު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކެވެ. އެއީ 1،380 މައްސަލައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ 867 މައްސަލައަކާއި، ތަކެތި ގެއްލިގެން 448 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައި އިތުރަށް ހިމެނޭ މައްސަލަތަކަށް ބަލާއިރު، މާރާމާރީގެ 289 މައްސަލައަކާއި، މުދަލަށް ގެއްލުންދިނުމުގެ 275 މައްސަލައެއް ހިމެނެއެވެ. އަދި އާއިލީ އަދި އިޖުތިމާއީ މައްސަލަތަކަށް ބަލާއިރު، ގެވެށި އަނިޔާގެ 154 މައްސަލައަކާއި ޖިންސީ ކުށްތަކުގެ 108 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ޚިޔާނާތުގެ 116 މައްސަލައާއި، ފޭރުމުގެ 76 މައްސަލައިގެ އިތުރުން އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ 21 މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ މަހުއެވެ. އެ މަހު 1،108 މައްސަލަ ހުށަހަޅާފައިވާއިރު، ފެބުރުއަރީ މަހު 953 މައްސަލަ، މާރިޗު މަހު 966 މައްސަލަ، އެޕްރީލް މަހު 874 މައްސަލަ އަދި މެއި މަހު 1،049 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. ހިނގަމުންދާ ޖޫން މަހުގެ މިހާތަނަށް 125 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
ކުށްމަދު ކުރުމަށާއި މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް ފުލުހުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވައްކަމާއި ފޭރުން ފަދަ ކުށްތަކުން ސަލާމަތްވުމަށް އާންމުން ސަމާލުވުމަށް ވެސް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު