އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގެ ކެމްޕޭނަށް ގއ. ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޕާޓީގެ ހިންގުމާ ގުޅޭގޮތުން މުހިންމު ވާހަކަތަކެއް ދައްކަވައިފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވާދަވެރިކަން އޮންނަ ޕާޓީއަކަށްވާއިރު، އިންތިޚާބުތަކުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން ކާމިޔާބު ހޯދާ ފަރާތްތައް އިސް ސަފުގައި ތިބުމަކީ އިންސާފުވެރި ގޮތެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ޕާޓީގެ މަސައްކަތްތައް ބައްޓަން ކުރައްވާނީ ޕާޓީގެ އިސް ބޭފުޅުންނާއެކު، ނަމަވެސް މަސައްކަތުގެ ޒިންމާތަކާއި ތަރުތީބުތައް އޮންނާނެ ގޮތެއްގެ މައްޗަށް ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
އެގޮތުން، ބައެއް ބޭފުޅުން އަރިހުގައި ބޭތިއްބުމުގެ އިތުރުން، މީކާއީލް ނަސީމް ފަދަ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވި ނަމަވެސް، އެ ބޭފުޅުން ތިއްބަވާނީ ކުޑަތަންކޮޅެއް ފަހަތުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޕާޓީގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޖޯޝާއި ރޫހު އަދިވެސް ވަރަށް ވަރުގަދަކަމަށް ވިދާޅުވެފައެވެ.
މި އިންތިޚާބު ނިމޭއިރު ޕާޓީގެ މެމްބަރުންގެ އަދަދު އެއްލައްކައަށް އަރާނެކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ސިޔާސީ ވާދަވެރިންނަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ވާދަވެރި ޕާޓީތަކުގެ ނަންތަކާއި ސިފަތައް ކިތަންމެ ބަދަލުވިޔަސް، އެމްޑީޕީ އޮތީ ސާބިތުކަމާއެކު ކަމަށެވެ.
އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 160،000 ވޯޓާއެކު އެއްބުރުން އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު