ނޯވޭއިން 28 އަހަރުގެ މެދުކެނޑުމަކަށްފަހު، އެއްވެސް މެޗަކުން ބަލިނުވެ ކޮލިފައިން ކާމިޔާބުކޮށް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފިއެވެ.
ކޯޗު ސްޓޭލް ސޯލްބަކަންގެ އިރުޝާދުގެ ދަށުން، މާޓިން އޮޑެގާޑްގެ ހުނަރުވެރިކަމާއި އާލިން ހާލަންޑްގެ ލަނޑު ޖެހުމުގެ ކުޅަދާނަކަމާއެކު، ނޯވޭގެ މި "ރަން ޖީލު" އުތުރު އެމެރިކާގައި ބާއްވާ މުބާރާތުގައި ތާރީޚީ ނަތީޖާއެއް ނެރޭނެ ކަމަށް ގިނަ ސަޕޯޓަރުން އުންމީދު ކުރެއެވެ.
ނޯވޭ އަލުން މުބާރާތަށް މި ގެންގޮސްދިނީ އެ ޓީމާ ބެހޭ ހުރިހާ މައުލޫމާތެއް ރަނގަޅަށް ދަންނަ މީހެކެވެ. ސޯލްބަކަންއަކީ ގައުމީ ޓީމަށް 58 މެޗު ކުޅެދީ، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި ކުޅުންތެރިއެކެވެ. އޭނާ ކޯޗިންގ ކެރިއަރު ފެށީ 2002 ގައެވެ. އޭގެ ފަހުން އެފްސީ ކޯޕަންހޭގަން، ކޯލްން އަދި ވޮލްވަހެމްޕްޓަން ފަދަ ކްލަބްތަކަށް ކޯޗުކޮށްދިނުމަށްފަހު، 2020 ވަނަ އަހަރު ނޯވޭގެ ގައުމީ ޓީމާ ހަވާލުވިއެވެ.
ނޯވޭގެ ވޯލްޑް ކަޕް 2026 ގެ ތާވަލާއި ގްރޫޕް:
16 ޖޫން: އިރާގު - ނޯވޭ (ބޮސްޓަން ސްޓޭޑިއަމް)
22 ޖޫން: ނޯވޭ - ސެނެގާލް (ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމް)
26 ޖޫން: ނޯވޭ - ފްރާންސް (ބޮސްޓަން ސްޓޭޑިއަމް)
މެންޗެސްޓަރ ސިޓީގެ ތަރި އާލިން ހާލަންޑާއި އާސެނަލްގެ މާޓިން އޮޑެގާޑްގެ އިތުރުން އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެލެގްޒެންޑަރ ސޯލޮތު ވެސް މި ޓީމުގައި ހިމެނެއެވެ. އަދި އެންޓޯނިއޯ ނޫސާ އާއި ޖޫލިއަން ރަޔަރސަން ފަދަ ކުޅުންތެރިންގެ ސަބަބުން ޓީމުގެ އެޓޭކް އިތުރަށް ވަނީ ވަރުގަދަވެފައެވެ.
ކޮލިފައިންގެ ހުރިހާ މެޗަކުން މޮޅުވި ހަތަރު ޓީމުގެ ތެރޭގައި ނޯވޭ ހިމެނެއެވެ. އެ ޓީމު ވަނީ ގްރޫޕް 'އައި' ގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެފައެވެ. މި ކާމިޔާބީގައި މޮލްޑޯވާ އަތުން 5-0 އަދި 11-0 އިން މޮޅުވުމުގެ އިތުރުން، އިޓަލީ އާއި އިސްރާއީލް ފަދަ ޓީމުތައް ވެސް ވަނީ ބަލިކޮށްފައެވެ. ކޮލިފައިންގެ ފަހު މެޗުގައި ސެން ސީރޯގައި 4-1 އިން ހޯދި މޮޅަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ނޯވޭގެ ވޯލްޑް ކަޕް ތާރީޚަށް ބަލާއިރު، އެންމެ ކާމިޔާބު މުބާރާތަކީ 1998 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރު ބްރެޒިލް ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް، އިޓަލީ އަތުން 1-0 އިން ބަލިވެ މުބާރާތުން ވަކިވާން ޖެހުނެވެ. އޭގެ ކުރިން 1938 ވަނަ އަހަރު ވެސް ނޯވޭއަށް ކުރިމަތިލާން ޖެހުނީ އިޓަލީއާއެވެ. އެ ފަހަރު ވެސް އިތުރު ވަގުތުގެ ތެރޭގައި އިޓަލީން މެޗު ކާމިޔާބުކުރިއެވެ.
ނޯވޭގެ ވޯލްޑް ކަޕް ތާރީޚުގައި އެކަކަށްވުރެ ގިނަ ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ކްޖެޓިލް ރެކްޑަލްއެވެ. އޭނާ ވަނީ 1994 އަދި 1998 ގެ މުބާރާތުގައި ލަނޑު ޖަހާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އާލިން ހާލަންޑް މި ފަހަރު ރެކްޑަލްގެ މި ރެކޯޑް މުގުރާލާނެއެވެ.
ނޯވޭގެ ފުޓްބޯޅަ ތާރީޚުގައި އެންމެ ބޮޑު ހަނދާނަކީ 1998 ވަނަ އަހަރު ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗެވެ. މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ބްރެޒިލްއިން ލަނޑެއް ޖަހާފައިވަނިކޮށް، ނޯވޭއިން ވަނީ ފަސް މިނެޓް ތެރޭގައި ލަނޑެއް ޖަހާ މެޗު އެއްވަރުކޮށްފައެވެ. އަދި 89 ވަނަ މިނެޓުގައި ރެކްޑަލް ކާމިޔާބުކުރި ޕެނަލްޓީއާއެކު 2-1 އިން މޮޅުވެ، ނޯވޭ ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު