އައްޑޫ ސިޓީގެ ތަރައްޤީއާއި އިޖުތިމާޢީ ކުރިއެރުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދެ ސަރުކާރުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤް (ސޯބެ) އަށް ތާއީދު ހޯއްދެވުމަށް ރޭ ހިތަދޫ ސްކޫލުގައި ބޭއްވި ކެމްޕޭން ނިންމުމުގެ ޖަލްސާގައެވެ. މި ޖަލްސާގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ އިސްލީޑަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނަށް ކެންޑިޑޭޓް ޞާދިޤަކީ އާ ބޭފުޅެއް ނޫން ކަމަށާއި، އޭނާގެ ޚިދުމަތުގެ ރެކޯޑު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"ހިތަދޫ ރައްޔިތުންނަށް އެނގޭނެ ވޯޓު ދޭންވީ ގޮތް. އައްޑޫއަށް ލިބިފައިވާ އެއްވެސް ތަރައްޤީއެއް ނުވަތަ އިޖުތިމާޢީ ކުރިއެރުމެއް އެމްޑީޕީގެ ސަރުކާރަކުން ފެށި މަސައްކަތަކަށް ނޫނީ ނުވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން އެމްޑީޕީގެ ސަރުކާރުތަކުން ތަޢާރަފްކުރި އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް ރައީސް ނަޝީދު އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި އިސްރަށްވެހިންނާއި، އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތަކާއި، މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ޞިއްޙީ އެހީތެރިކަމުގެ ނިޒާމު ހިމެނެއެވެ. އަދި އައްޑޫގައި މިހާރު ފެންނަން ހުރި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ އެމްޑީޕީގެ މަސައްކަތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި ދަރަނީގެ މައްސަލަތަކަށް އިޝާރާތް ކުރަށްވައި ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރަންވާނީ އިޤްތިޞާދީ މައްސަލަތައް ފުންކޮށް ދަންނަ، އަދި ދާއިރާގެ މަޞްލަޙަތުތައް ފުރިހަމައަށް ތަމްސީލުކުރެވޭނެ ބޭފުޅެއް ކަމަށެވެ.
އިންތިޚާބުގައި ވާދަ ކުރަށްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަޢީދަކީ އެމްޑީޕީގެ ފިކުރާ އެއްގޮތް ވިސްނުންތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ޤަބޫލުކުރެއްވޭ ނަމަވެސް، މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާނެ މެންބަރަކު ބޭނުންވާނަމަ ވޯޓު ދޭންވީ "ސޯބެ" އަށް ކަމަށެވެ.
މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެން ކޯޓުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ޙުކުމް ކުރުމާ ގުޅިގެންނެވެ. އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވާދަކުރަށްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤާއި ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދެވެ.

ކިޔުންތެރިންގެ ހިޔާލު