ނިއުޒީލެންޑުން ފީފާ ވޯލްޑް ކަޕަށް ކޮލިފައި މިވީ އެ ގައުމުގެ ތާރީޚުގައި ތިންވަނަ ފަހަރަށެވެ. 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވާދަކޮށް ކުރިމަތިވި ގޮންޖެހުންތަކަށްފަހު، އޭގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ފަހުން "އޯލް ވައިޓްސް" (ނިއުޒީލެންޑް ޓީމު) ދެން ކުރި ދަތުރަކީ ވަރަށް އުންމީދީ އަދި ކާމިޔާބު ދަތުރެކެވެ.
2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓި ނަމަވެސް، ސްލޮވާކިއާ، އިޓަލީ އަދި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް އެއްވަރުކޮށް، އެ މުބާރާތް ނިންމާލީ ބަލިނުވެއެވެ. މިފަހަރުގެ މުބާރާތަށް ނިއުޒީލެންޑުން އެނބުރި އަންނަނީ، ވޯލްޑް ކަޕްގައި ފުރަތަމަ މޮޅެއް ހޯދުމަށާއި، ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ ވަރުގަދަ އަޒުމަކާއެކުގައެވެ.
އޯޝޭނިއާ ސަރަހައްދަށް އަލަށް ލިބުނު ސީދާ ޖާގަ ކަށަވަރުކޮށް، ނިއުޒީލެންޑުން މިހާރު ތައްޔާރުވަމުންދަނީ އުތުރު އެމެރިކާގައި ބޭއްވޭ ވޯލްޑް ކަޕްގައި ދުނިޔެ ހައިރާންކޮށްލާފަދަ ކުޅުމެއް ދެއްކުމަށެވެ.
ނިއުޒީލެންޑް ޓީމުގެ ކޯޗު ބޭޒްލީއަކީ އިނގިރޭސި ކްލަބް ވަޓްފޯޑަށް 250 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އޭނާ ކުޅުން ހުއްޓާލީ އޮސްޓްރޭލިއާގެ އޭ-ލީގުގައެވެ. ކޯޗިންގ ދާއިރާއަށް ނުކުމެ، ވޭތުވެދިޔަ 15 އަހަރު ތެރޭގައި އޭނާ ވަނީ ނިއުޒީލެންޑުގެ ހުރިހާ އުމުރުފުރައެއްގެ ޓީމުތަކަށް އިރުޝާދުދީފައެވެ. 2023 ވަނަ އަހަރު ސީނިއާ ޓީމާ ދާއިމީކޮށް ހަވާލުވުމުގެ ކުރިން، އޭނާ ވަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތިން މުބާރާތެއްގައި އެ ގައުމުގެ ޒުވާން ޓީމު ދެވަނަ ބުރަށް ގެންގޮސްދީފައެވެ.
ބޭޒްލީގެ އިރުޝާދުގެ ދަށުން ނިއުޒީލެންޑުން ވަނީ 2024 ވަނަ އަހަރުގެ އޯޝޭނިއާ ކަޕް ކާމިޔާބުކޮށް، ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ވަރަށް ފުރިހަމަ ނަތީޖާއަކާއެކު މުބާރާތުން ޖާގަ ހޯދާފައެވެ.
ނިއުޒީލެންޑުގެ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް:
15 ޖޫން: އީރާން - ނިއުޒީލެންޑް (ލޮސް އެންޖެލިސް)
21 ޖޫން: ނިއުޒީލެންޑް - މިޞްރު (ވެންކޫވަރ)
26 ޖޫން: ނިއުޒީލެންޑް - ބެލްޖިއަމް (ވެންކޫވަރ)
ކްރިސް ވުޑް އަދި ޓޮމީ ސްމިތު ވެގެންދާނީ ނިއުޒީލެންޑްގެ ތާރީޚުގައި ދެ ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ކުޅުންތެރިންނަށެވެ. ކޯޗު ބޭޒްލީ އިޢުލާންކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި މި ދެ ކުޅުންތެރިން ވަނީ ހިމެނިފައެވެ.
ކޮލިފައިން މަރުހަލާގައި ނިއުޒީލެންޑުން ވަނީ ތަފާތު ބޮޑު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން ޓަހީޓީ އަތުން 3-0 އިން، ވަނުއާޓޫ އަތުން 8-1 އިން، އަދި ސަމޯއާ އަތުން 8-0 އިން މޮޅުވިއެވެ. ކޮލިފައިންގެ ފަހު މެޗުގައި ނިއު ކެލެޑޯނިއާ 3-0 އިން ބަލިކޮށް، އެ ގައުމުން ވަނީ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފައެވެ.
2010 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ނިއުޒީލެންޑަށް ވަރަށް ޚާއްޞަ މުބާރާތެކެވެ. އެ މުބާރާތް ނިމުނުއިރު، އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ނިންމާލި ހަމައެކަނި ގައުމަކީ ނިއުޒީލެންޑެވެ. އޭރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީއަށްވުރެ ކުރީގައި ގްރޫޕް ތާވަލުގައި އޮވެ، އެ ޓީމު ކުރި ހިތްވަރު މިއަދުވެސް ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ވިންސްޓަން ރީޑް ޖެހި ލަނޑަކީ ނިއުޒީލެންޑަށް ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓް ހޯދައިދިން ތާރީޚީ ލަނޑެވެ.
ނިއުޒީލެންޑުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕްގައި ލަނޑު ޖެހިފައިވަނީ އެންމެ ހަތަރު ކުޅުންތެރިންނަށެވެ. އެއީ ސްޓީވް ސަމްނަރ، ސްޓީވް ވުޑިން، ވިންސްޓަން ރީޑް އަދި ޝޭން ސްމެލްޓްޒް އެވެ. ކުރިއަށް އޮތް ވޯލްޑް ކަޕަކީ ނިއުޒީލެންޑުގެ ފުޓްބޯޅައަށް އާ އުސްމިންތަކަކަށް ދިއުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މުޅި ގައުމު އޮތީ އެ ޓީމުގެ ކާމިޔާބީއަށް ފޮނި އުންމީދުތަކެއް ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު