އަންނަ ހިޖުރީ އައު އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ، ކުރިއަށް އޮތް އަހަރުން ފެށިގެން ދެ ޢީދު ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ ޚާއްސަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލަން ފަށާފައިވާ ކަމަށެވެ.
މި ޕްލޭނުގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތަކީ ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކަށް ވާއިރު، މިކަމުގައި އާޓްސް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޢީދު ފާހަގަކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް މީގެ ކުރިން ވެސް ވަނީ، ޢީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާ ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކޮށް ދެއްވާފައެވެ. އަދި ޢީދުގެ އުފާ ފާޅުކުރަމުންދާއިރު އިސްލާމީ ރިވެތި އަޚުލާގާއި އުސޫލުތަކަށް ރައްކާތެރިވުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޢީދުގެ ކުޅިވަރުތައް ކުރިއަށް ގެންދާއިރު ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް އިލްތިމާސް ކުރަށްވާފައެވެ

ކިޔުންތެރިންގެ ހިޔާލު