ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުވަމުންދާތީ، ކުރީގެ ތިން ރައީސުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ ހިތަށްއަރާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާޙް މިފަދައިން ވިދާޅުވީ، ދުނިޔޭގެ ބޮޑު ހަނގުރާމަތަކެއް ހިނގަމުންދާ ދުވަސްވަރެއްގައިވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު، ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން އިއްޔެ މަތިކުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާޙް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖެ އޮތީ ކުރީގެ ސަރުކާރުތަކުން ސަލާމަތްނުވާނެ ފަދަ ނުބައި ޙާލަތަކަށް ވައްޓާލާފައި ކަމަށެވެ. ނަމަވެސް އެ ޙާލަތުން ޤައުމު ސަލާމަތްކޮށް، ދިވެހި ރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވީތީ ރައީސް މުޢިއްޒަށް ފައްފަށުން މަރުޙަބާއާއި ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްޞަކޮށް ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ޞާލިޙްގެ ސަރުކާރުތަކުން ނަގާފައިވާ 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަނި، މި ސަރުކާރަށް ނުދެއްކޭނެ ކަމަށް އެ ބޭފުޅުން ހީކުރެއްވި ކަމަށް ފަލާޙް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ހިތަށްއަރާ ކުރީގެ ރައީސް ޔާމީނާ، ރައީސް ނަޝީދު އާއި، ރައީސް ޞާލިޙްގެ މި 3 ވެރިކަމުގައި ނަގާފައިވާ 1 ބިލިއަން ޑޮލަރަށްވުރެ ބިޔަ ބޮޑު ދަރަނި މި 3 ވެރިންވެސް ނުދެއްކޭނޭ ހިތާ އުފަލުން ހޭންތިއްބާ، މާތްﷲގެ ރަޙްމަތްފުޅުން ދައްކާ ޚަލާސްކޮށް އަންނަން އޮތް ޖީލަށް މި ޤައުމު ސަލާމަތްކޮށްދިނީތީ، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން ރައީސް މުޢިއްޒާއި މި ސަރުކާރަށް ޝުކުރު އަދާކުރާ މި ވަގުތުގައި، މި 3 ރައީސުންވެސް ރައީސް މުޢިއްޒާއި މި ސަރުކާރަށް ޝުކުރުގެ ބަހެއް ބުނެލާނެ ނަމައޭ،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަކީ މި ޤައުމު އެދޭފަދަ ވަރުގަދަ ލީޑަރެއް ކަމަށާއި، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ސާބަސް ދެއްވާ ކަމަށެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިން މަތިކުރި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ސަރުކާރުން ބަރާބަރަށް އަދާކުރަމުން ދިއުމެވެ. އެގޮތުން 500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަކީ ރޭޓިން މައްޗަށް ޖެއްސުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު