މަކަރާއި ޙީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް އިންތިޒާމުވެގެން މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި، ދުނިޔޭގެ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔާރޑް އަލްއުސްތާޛް ޢައްބާސް ޝަރީފް ގޮވާލަށްވައިފިއެވެ.
ޕީޖީ މިކަމަށް ގޮވާލެއްވީ އޮސްޓްރިއާގެ ވިއެނާގައި މިހާރު ކުރިއަށްދާ ކުށްކުރުން ހުއްޓުވުމާއި، ޖިނާއީ ޢަދުލާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޝަން – "ކޮމިޝަން އޮން ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް" ގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަހުގެ 1 އިން 5 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ، ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއަރަމުންދާ ވަރަކަށް އެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ނިސްބަތް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
ޚާއްޞަކޮށް ދިވެހިރާއްޖޭގައި ވެސް އިންތިޒާމުވެވިގެން ހިންގާ މިފަދަ ކުށްތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އެކަނިވެސް ސްކޭމް މައްސަލަތަކުގައި އަހަރަކު 18 ބިލިއަނާއި 37 ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ގެއްލޭ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ބޯޑަރު ހުރަސްކޮށް ހިންގާ "ޓްރާންސް-ނޭޝަނަލް ފްރޯޑް" މައްސަލަތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޢައްބާސް ޝަރީފްގެ ވާހަކަފުޅުގައި، ސްކޭމްތައް ހުއްޓުވުމަކީ ޤައުމުތަކަށް ވަކިވަކިން ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، މިކަން ހުއްޓުވޭނީ ޤާނޫނު ތަންފީޛްކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުޤީޤުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ހުރި ބޮޑެތި ޤައުމުތަކުން، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ މިފަދަ ތަޙުޤީޤުތަކުގައި އެހެން ޤައުމުތަކަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް ދޭނެ ޤައުމެއްކަމުގެ ޔަޤީންކަން ޕީޖީ މި ބައްދަލުވުމުގައި ދެއްވިއެވެ.
އދ. ގެ ޖިނާއީ ޢަދުލާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ހަވާސާގައި، ޕީޖީ ވަނީ އެކި ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރަށްވާފައެވެ.
މި ދަތުރުފުޅުގައި ޕީޖީގެ އަރިހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛް މުޙައްމަދު ޢަބްދުﷲ އާއި، އަޝްފާޤު ނަޢީމް އަދި އަޙްމަދު އައިމަން ޢަލީ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު