މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ވޯލްޑް ކަޕް މެޗުތައް މާލޭގެ އެކި ސަރަހައްދުތަކުގައި އެޅުވުމަށް އެދި އެކި ފަރާތްތަކުން ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ. އަދި މި ޕްރޮޕޯސަލްތައް ހުށަހަޅާފައިވަނީ އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އެކަން ކުރުމަށް ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ކައުންސިލް މެންބަރުން ވިދާޅުވީ، އަމިއްލަ ހަރަދުގައި ބަޔަކު މިފަދަ ކަމެއް ކުރަން ބޭނުންވާ ނަމަ އެކަމަށް ހުއްދަ ދިނުމަށް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް، މިކަން ކުރަންވާނީ ކޮލިޓީ ހިފެހެއްޓޭ ގޮތަށް، ފުރިހަމަ އިންތިޒާމުތަކަކާއެކުގައި ކަމަށް މެންބަރުން ބާރުއެޅުއްވިއެވެ.
ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ހަމައެކަނި ޕްރޮޖެކްޓަރެއް ބަހައްޓައިގެން މެޗު ދެއްކުމުގެ ބަދަލުގައި، ފުޓުބޯޅަ އީދެއްގެ ސިފަ ޖެހޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ މީހުން އެއްވާނެތީ، ތޮއްޖެހުން ކުޑަކޮށް، އަމާންކަމާއެކު މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކައިރީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަންކަން ރޭވުމަށް ކައުންސިލުން ވަނީ ޝަރުތުކޮށްފައެވެ.
މިއަދުގެ ޖަލްސާގައި މޭޔަރު އާޒިމް ވަނީ، މި ފުރުސަތަކީ ވަކި ދާއިރާއަކަށް ނުވަތަ އަވަށްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަކަށް ހެދުމުގެ ބަދަލުގައި، މުޅި މާލޭގެ މުޖުތަމައު އެކުވެރިކަމާއެކު ބައިވެރިވުމުގެ މަގުސަދުގައި ކުރާ ކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަ ކުރަށްވާފައެވެ.
"އަމާޒަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް ވެސް އެކަކު އަނެކަކާ ބައްދަލުވެ، އެކުވެރި މާހައުލެއްގައި މި މުބާރާތުގެ ފޯރި ތަޖުރިބާކުރެވޭނެ ފަދަ މާހައުލެއް ބިނާކުރުން،" މޭޔަރު ވިދާޅުވިއެވެ.
ކައުންސިލްގެ މި ނިންމުމާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ފޯރި މާލެ ސަރަހައްދުގައި ގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު