މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން ވަޒީފާ ދީފިއެވެ.
ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް ޝިޔާމް ވަޒީފާއިން ވަކިކުރީ މެއި 2014 ގައެވެ. މި މައްސަލައިގައި ޝިޔާމަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށް މީގެކުރިން ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.
ހައި ކޯޓުން ކުރި ހުކުމުގައި އަމުރުކޮށްފައިވަނީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. މި އެންގުމާ އެއްގޮތަށް ފުލުހުންގެ އިދާރާއިން މިހާރު ވަނީ ޝިޔާމަށް ވަޒީފާ ހަމަޖައްސައިދީފައެވެ.
އަލުން ވަޒީފާއަށް ނުކުންނަވަން ފެއްޓެވުމަށްފަހު ޝިޔާމް ވިދާޅުވީ، މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާ އާއި ޔުނީފޯމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝިޔާމަށް ވަޒީފާ އިޔާދަކޮށްދިން ނަމަވެސް، ވަޒީފާގައި ނެތް މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުން އަދި ދީފައެއް ނުވެއެވެ. ދައުލަތުގެ ފަރާތުން ވަނީ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ އުސޫލެއްގައިވާ ގޮތުން، ވަޒީފާ އަނބުރާ ދޭ ހާލަތްތަކުގައި މުސާރައިގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރައެވެ. ނަމަވެސް ވަޒީފާ އަނބުރާ ނުދޭ ނަމަ އެއް އަހަރުގެ މުސާރަ ދޭންޖެހެއެވެ.
ޝިޔާމްގެ މައްސަލައިގައި ހައި ކޯޓުން ފާހަގަކޮށްފައިވަނީ، ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށް ކަމަށެވެ. އަދި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަހުގީގެއް ހިންގައި، އެކަށީގެންވާ ހެކި ހޯދާފައިވޭތޯ ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ވީ ނަމަވެސް، ޝިޔާމްގެ މައްސަލައިގައި އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށްވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ޕޮލިސް މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި ޝިޔާމް، ފަހުން އުޅުއްވީ ވިޔަފާރީގެ ދާއިރާގައެވެ. އޭނާއަކީ މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ވިޔަފާރިވެރިއެކެވެ. މީގެ އިތުރުން ފަހަކަށް އައިސް އޭނާ ވަނީ ކުޅިވަރު ހިންގުމުގެ ދާއިރާއިންވެސް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު