ކޭ-ޕާކް ފްލެޓްތައް ހަވާލުކުރަން ކޯޓުން އަންގާފައިވަނިކޮށް، އެ ހުކުމްތައް ނިސްބަތްވާ "ހަމްބޯ ލިމިޓެޑް" ކުންފުނި ވުޖޫދުން ގެއްލިފައިވާ ކަމަށް ބުނެ އެޑްވަކަސީ ޗެމްބާސް ލޯ ފާމުން ފަތުރަމުންދަނީ ދޮގު މައުލޫމާތެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުޅުމާލޭގައި ކޭ-ޕާކް ފްލެޓްތައް ތަރައްގީކުރާ ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެޑްވަކަސީ ޗެމްބާސްއިން މަސައްކަތް ކުރަމުންދަނީ އެ ކުންފުންޏާއި ފްލެޓް ގަތް އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ ނިވާފަތްގަނޑަކަށް ވެގެން ކަމަށެވެ. ކޭ-ޕާކްގެ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި އެތައް ބަޔަކަށް ފައިސާ އާއި އެޕާޓްމެންޓް ނުލިބިގެން ޝަރީއަތަށް މައްސަލަ ހުށަހަޅާފައިވާއިރު، އެޑްވަކަސީ ޗެމްބާސްއިން ވަނީ ހަމްބޯ ކުންފުނި ވުޖޫދުގައި ނެތް ކަމަށް ބުނެ އެޗްޑީސީއާ ބައްދަލުކުރަން އެދިފައެވެ.
އެކަމާގުޅިގެން ހަމްބޯ ކުންފުނިން ބުނީ އެ ލޯ ފާމުން ތަމްސީލު ކުރަނީ ކޮން މުވައްކިލުންނެއް ކަން ސާފުކުރުމަށް 2025 ވަނަ އަހަރު ފޮނުވި ސިޓީއަށްވެސް ޖަވާބު ދީފައިނުވާ ކަމަށެވެ. އަދި ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދޭން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، އެ ލޯ ފާމުން އިސްކަންދެނީ ނޫސް ބަޔާން ނެރުމަށާއި އެޗްޑީސީއަށް ސިޓީ ފޮނުވައި އެކަން މީޑިއާއަށް އާންމުކުރުމަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
މި މައްސަލާގައި ހަމްބޯ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް މަކަރާއި ހީލަތުގެ ގިނަ ދައުވާތަކެއް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 390 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ 50 ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން މަންޑޭއާއެކު މަސައްކަތް ކުރި ޖައިޝާން ސައީދުގެ މައްޗަށްވެސް 159 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އިއްވުނު އެންމެ ދިގު ޖަލު ހުކުމްތަކެވެ.
ހަމްބޯ ކުންފުނީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެހެން ފަރާތްތަކުންވެސް ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަށާއި، އެ ފަރާތްތަކަށް ދައުވާ ކުރަންޖެހޭ ފަރާތް އޮޅިގެން ނޫޅޭ ކަމަށެވެ. ކުންފުނި ވުޖޫދުގައި އޮތްކަން ޝަރުއީ ނިންމުންތަކުން އެނގެން އޮތް ނަމަވެސް، އެޑްވަކަސީ ޗެމްބާސްއިން ދޮގު މައުލޫމާތު ފަތުރަނީ މުވައްކިލުންނަށް ހަގީގަތް ފޮރުވުމަށް ކަމަށްވެސް އެ ކުންފުނިން ތުހުމަތު ކުރެއެވެ.
ކޭ-ޕާކް މައްސަލާގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އޭނާ ހުޅުމާލެއިން ގަނެފައިވާ ލަގްޒަރީ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ހުރިހާ ކަމަކުން މަކަރާއި ހީލަތް ހެދި ފަރާތަކީ ކޮބައިކަން ސާފުކޮށް އެނގެން އޮތް ކަމަށް ހަމްބޯ ކުންފުނީގެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު