ކިއުރަސާއޯއިން 2017 ވަނަ އަހަރުގެ ކެރީބިއަން ކަޕް ކާމިޔާބުކޮށް، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކޮންކާކަފް ގޯލްޑް ކަޕަށް ކޮލިފައިވީތާ އަދި ދިހަ އަހަރުވެސް ނުވެއެވެ. އެފަހަރު ޖެމެއިކާގެ މައްޗަށް 2-1 އިން ހޯދި ކާމިޔާބީއަށްފަހު، އަނެއްކާވެސް އެ ގައުމާ ދެކޮޅަށް ކުޅެގެން ހޯދި ނަތީޖާއަކުން "ބްލޫ ވޭވް" (ކިއުރަސާއޯ) މިވަނީ މުޅި ދުނިޔެ ސިއްސުވާލައި، ފުޓްބޯޅައިގެ އާ ތާރީޚެއް ލިޔެފައެވެ.
ކޮންކާކަފް ކޮލިފައިންގެ ފަހު މެޗުގައި ކިންގްސްޓަންގައި ޖެމެއިކާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް، ކިއުރަސާއޯއިން ވަނީ ގްރޫޕް ބީގެ އެއްވަނަ ހޯދައި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިއާއެކު، އެ ގައުމު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމަށެވެ. އެ ގައުމުގެ އާބާދީއަކީ އެންމެ 150،000 އެވެ. އަދި ބޮޑުމިނަކީ އެންމެ 171 އަކަމޭލެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ނެދަލޭންޑްސް އެންޓިލްސްގެ ބަދަލުގައި ވާދަކުރަން ފެށި ކިއުރަސާއޯއިން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކޮލިފައިންގައި ބައިވެރިވީ 2014 ވަނަ އަހަރުގެ ބްރެޒިލް ވޯލްޑް ކަޕަށެވެ. އެ ގައުމުގެ ގިނަ ކުޅުންތެރިންނަކީ ނެދަލޭންޑްސްގައި ދިރިއުޅޭ، ނަމަވެސް ކިއުރަސާއޯއަށް ނިސްބަތްވާ ކުޅުންތެރިން ކަމަށްވުމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމު ވަނީ ކޮންކާކަފް ސަރަހައްދުގެ ވަރުގަދަ ބާރަކަށް ވެފައެވެ. އެގޮތުން 2015 ވަނަ އަހަރު މޮންސެރާޓް ބަލިކޮށް، އެ ގައުމުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދާފައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުގެ ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމާއި، 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރުގެ ގާތަށް ދިއުމަކީ އެ ގައުމުން ހޯދި ބޮޑެތި ކުރިއެރުންތަކެވެ. އެފަހަރު އެ ގައުމު ކެޓީ ޕެނަމާ އަތުން ކުޑަ ތަފާތަކުންނެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ކޮލިފައިންގައި ކުޅެން ނުޖެހުމުން، އެހެން ގައުމުތަކަށް ލިބުނު ފުރުސަތުގެ ބޭނުން ކިއުރަސާއޯއިން ވަނީ ހިފާފައެވެ. ލިވާނޯ ކޮމެނެންސިއާ އަދި ތާހިތު ޗޮންގް ފަދަ ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމާއެކު، މުޅި ކެރީބިއަން ސަރަހައްދު އަންތަރީސްކޮށްލުމަށްފަހު އެ ގައުމު މިވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.
ދިގު މުއްދަތަކަށް ކިއުރަސާއޯގެ ކޯޗަކަށް ހުރީ ރެމްކޯ ބިސެންޓީނީއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު، ވޯލްޑް ކަޕްގެ ތަޖުރިބާކާރު ކޯޗު ނެދަލޭންޑްސްގެ ޑިކް އެޑްވޮކާޓް އެ މަގާމާ ހަވާލުވިއެވެ. އުމުރުން 78 އަހަރުގެ އެޑްވޮކާޓަކީ 1994 ގެ ވޯލްޑް ކަޕްގައި ނެދަލޭންޑްސްއަށް އަދި 2006 ގައި ދެކުނު ކޮރެއާއަށް އިރުޝާދުދިން ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ކިއުރަސާއޯއިން ވަނީ ކޮލިފައިންގެ 10 މެޗުގައި 28 ލަނޑު ޖަހައި، ކޮންކާކަފް ސަރަހައްދުގެ އެންމެ ވަރުގަދަ އެޓޭކިންގް ޓީމަށް ވެފައެވެ. އަދި ފަހު ބުރުގައި ބައިކޮޅަށް ވަނީ އެންމެ ތިން ލަނޑެވެ.
އަމިއްލަ ސަބަބުތަކަކަށްޓަކައި 2026 ވަނަ އަހަރުގެ ފެބްރުއަރީގައި އެޑްވޮކާޓް މަގާމުން ވަކިވުމުން، ފްރެޑް ރޫޓަންއާ ޓީމު ހަވާލުކުރެވުނެވެ. ނަމަވެސް ދެ މެޗަށްފަހު އޭނާވެސް މަގާމުން ވަކިވުމުން، ވޯލްޑް ކަޕް ފެށެން މަހަކަށް ވެފައި ވަނިކޮށް އަލުން އެޑްވޮކާޓް ވަނީ ޓީމާ ހަވާލުވެފައެވެ.
ކިއުރަސާއޯގެ ވޯލްޑް ކަޕް މެޗުތަކާއި ގްރޫޕް:
14 ޖޫން: ޖަރުމަނު - ކިއުރަސާއޯ (ހިއުސްޓަން ސްޓޭޑިއަމް)
20 ޖޫން: އިކުއެޑޯ - ކިއުރަސާއޯ (ކެންސަސް ސިޓީ ސްޓޭޑިއަމް)
25 ޖޫން: ކިއުރަސާއޯ - އައިވަރީ ކޯސްޓް (ފިލަޑެލްފިއާ ސްޓޭޑިއަމް)
އެޑްވޮކާޓްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ކޮލިފައިންގައި މޮޅު ކުޅުމެއް ދެއްކި ބަތަލުންނެވެ. ގޯލްކީޕަރު އެލޯއީ ރޫމްގެ އިތުރުން، ޑިފެންޑަރު ޖޫރިއަން ގާރީ އަދި ރޮޝޯން ވެން އެއިމާ ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިޑްފީލްޑުގައި ދެބެއިން ކަމަށްވާ ލިއަންޑްރޯ އަދި ޖުނީނިއޯ ބަކޫނާގެ ހުނަރުވެރިކަން ފެނިގެންދާނެއެވެ.
ކޮލިފައިންގެ ދެވަނަ ބުރުގައި ކިއުރަސާއޯއިން ވަނީ ވަރަށް ފަސޭހަކަމާއެކު ކުރި ހޯދާފައެވެ. ބާބަޑޯސް އަތުން 4-1 އިން މޮޅުވިއިރު ރަންޖެލޯ ޖަންގާ ވަނީ ހެޓްރިކެއް ހަދާފައެވެ. އޭގެފަހުން އަރޫބާ އަތުން 2-0 އިން މޮޅުވިއެވެ. އަދި ސެއިންޓް ލޫޝިއާ އަތުން 4-0 އިން މޮޅުވިއިރު ޖެރްވާން ކަސްޓަނީރު ވަނީ ހެޓްރިކެއް ހަދާފައެވެ. ހެއިޓީ އަތުން މޮޅުވީ 5-1 ގެ ބޮޑު ތަފާތަކުންނެވެ.
ފަހު ބުރުގައި ޖެމެއިކާ އަދި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ފަދަ ވަރުގަދަ ޓީމުތަކާ އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް، ކިއުރަސާއޯއިން ހިތްވަރު ދޫކޮށްނުލައެވެ. ޖެމެއިކާ އަތުން 2-0 އިން ހޯދި މޮޅާއި، ބާމިއުޑާ 7-0 އިން ބަލިކުރުމަކީ އެ ޓީމުގެ ފެންވަރު ދައްކާލި މެޗުތަކެވެ. އެންމެ ފަހުން ޖެމެއިކާގައި ކުޅުނު މެޗުގައި ކީޕަރު އެލޯއީ ރޫމް އާއި ޑިފެންޑަރުން ދެއްކި ހިތްވަރުން، މުޅި ދުނިޔެ ހައިރާންކޮށްލުމަށްފަހު ކިއުރަސާއޯ މިވަނީ ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު