މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު
މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހަރުކަށި ބަހުން ރައްދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރިފާޢު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހަލާކަކީ ނަޝީދު ކަމަށެވެ.





އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ މާލީ ނިޒާމު ހަލާކުކޮށް، ޤައުމު ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރިފާޢުގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ މައްޗަށް އިތުރު ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވިއެވެ.

އެގޮތުން، މަސްތުވާތަކެތީގެ ވަބާއަށް ހިތްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމާއި، ދިވެހިންގެ އިސްލާމީ އަގީދާއާއި އިޖުތިމާޢީ ރިވެތި އާދަކާދަތައް ނައްތާލުމަށް މަސައްކަތްކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި މުޖުތަމަޢު އިސްލާމްދީނާ ދުރުކުރުވުން ފިޔަވައި އެހެން އެއްވެސް ހެޔޮ ކަމެއް ނަޝީދު ކުރައްވާފައި ނުވާ ކަމަށް ވެސް ރިފާޢު ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ޤައުމަށް ލިބިފައިވާ ހަމަޖެހުން ނަގާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރިފާޢު ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް އެފަދަ ހަމަނުޖެހުމަކަށް ރާއްޖެ ވައްޓާލުމަށް ރައްޔިތުން ޖާގަނުދޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ރިފާޢު ވަނީ ރައީސް ނަޝީދު އަލުން އެފްރިކާއަށް ވަޑައިގަތުމަށް ގޮވާލައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު